4،000 ފްލެޓު ލިބޭ މީހުންގެ ލިސްޓު ނެރެ، އަގުތައް އާންމުކޮށްފި

4،000 ފްލެޓު ލިބޭ މީހުންގެ ލިސްޓު ނެރެ، އަގުތައް އާންމުކޮށްފި

ގުޅުންހުރި

މި ސަރުކާރުގެ "ގެދޮރުވެރިޔާ" ސްކީމްގެ ދަށުން 4،000 ފްލެޓު ލިބޭ މީހުންގެ ދާއިމީ ލިސްޓު އާންމުކޮށް، ފްލެޓުތައް ދޫކުރާ އަގުތައް އާންމުކޮށްފިއެވެ.

ހައުސިން މިނިސްޓްރީން މިރޭ ގެޒެޓް ކުރި އިއުލާންގައި ބުނި ގޮތުގައި ދާއިމީ ލިސްޓު އެކުލަވާލީ ގެދޮރުވެރިޔާ ސްކީމަށް ފޯމު ހުށަހެޅި ފަރާތްތަކުގެ ތެރެއިން ދާއިމީ ލިސްޓަށް ހުށަހެޅި ޝަކުވާތަކަށް ބެލުމަށް ފަހުއެވެ.

ލިސްޓަށް އައި ބަދަލާއެކު ފުރަތަމަ ބުރުގައި ތިން ކޮޓަރީގެ ފްލެޓު ލިބޭ 76 އިން ފެށިގެން މަތިން މާކްސް ލިބިފައިވާ ފަރާތްތަކަށް ފުލެޓް ނެގުމަށްފަހު ބާކީވާ ފުލެޓްތައް، 75 މާކްސް ލިބިފައިވާ ފަރާތްތަކުގެ ތެރެއިން ގުރުއަތަކުން ހޮވޭ ބަޔަކަށް ލިބޭނެ ކަމަށް އިއުލާންގައިވެއެވެ. ދެ ކޮޓަރީގެ ފުލެޓުތައް ހަމަ ދިނުމަށް ހަމަޖެހިފައިވަނީ 73 އިން ފެށިގެން މާތިން މާކްސް ލިބިފައިވާ ފަރާތްތަކަށް ކަމަށް ވެސް އިއުލާންގައި ބުނެފައިވެއެވެ.

ގެދޮރުވެރިޔާ ސްކީމަށް ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ދެމަފިރިން ފުލެޓް ލިބުމަށް ހޮވިފައިވާނަމަ ފުލެޓް ލިބޭނީ ދެމަފިރިންނަށް އެއް ފުލެޓް ނުވަތަ ދެމަފިރިންގެ ތެރެއިން ކަނޑައަޅާ އެއްފަރާތަކަށް އެއް ފްލެޓު ކަމަށް ވެސް އިއުލާނުގައިވެއެވެ.

ގެދޮރުވެރިޔާ ސްކީމުން ދޫކުރުމަށް ހަމަޖެހިފައިވާ ތިން ކޮޓަރީގެ ފްލެޓުގެ މަހު ކުއްޔަކީ 7،000ރ. އާއި މަރާމާތުގެ ފީ ގޮތުގައި މަހަކު ދައްކަން ޖެހޭ 1،000ރ. އާ އެކު ޖުމްލަ 8،000ރ. އެވެ. އަދި ދެ ކޮޓަރީގެ މަހު ކުއްޔަކީ 5،000ރ. އާއި މަރާމާތުގެ ފީ ގޮތުގައި މަހަކު 1،000ރ.އެވެ.

ކުލި ދެއްކުމަށް ފެށުމަށް ހަމަޖެހިފައިވަނީ ފުލެޓް ހަވާލުކުރާ ތާރީހުން ފެށިގެން ތިން މަސް ދުވަހުގެ ގްރޭސް ޕީރިއަޑް އަކަށްފަހުއެވެ. އަދި ކުލި ދައްކަން ޖެހޭނީ 300 މަސް ވަންދެނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ