އީވާ ރިޔާސަތުން ނުފޭބި، ޖަލްސާ ކުރިޔަށް ގެންދަން ފުރުސަތުވެސް ނުދިން

އީވާ ރިޔާސަތުން ނުފޭބި، ޖަލްސާ ކުރިޔަށް ގެންދަން ފުރުސަތުވެސް ނުދިން

Author
ހުސެއިން
13 ނޮވެމްބަރ 2023 12:09
0

ރައްޔިތުންގެ މަޖިލިހުގައި މިއަދު ކުރިޔަށް ގެންދަން ހަމަޖެހިފައި އޮތް، މަޖިލިސް ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ، ރިޔާސަތުގައި އިންނެވި ނާއިބު ރައީސް އީވާ ރިޔާސަތު ނުފޭބުމާއި ގުޅިގެން، އިތުބާރު ނެތްކަމުގެ ޖަލްސާ ކުރިޔަށް ގެންދެވޭ ގޮތް ނުވެއްޖެއެވެ.

މިއަދު އެންމެ ފުރަތަމަ ބާއްވާގޮތަށް ހަމަޖެހިގެން ދިޔައީ އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ހުށަހެޅުމުގެ ޖަލްސާއެވެ. އެހެންނަމަވެސް އެ ޖަލްސަ އިވާ ނިންމަލައްވާފައެއް ނުވެއެވެ. އެގޮތުން ހެނދުނު 9:00 އަށް ތާވަލް ކުރެވުނު ޖަލްސާއަށް ކޯރަމް ހަމަނުވުމުން އީވާ ވަނީ އެ ޖަލްސާ މެދުކަނޑާލުމަށްފަހު އަލުން ޖަލްސާ ބާއްވާނެކަން އިއުލާން ކުރައްވާފައެވެ.

އަދި އޭނާ ވިދާޅުވީ ޖަލްސާގެ ކޯރަމް ހަމަވޭތޯ ބަލަން މަސައްކަތް ކުރައްވާނެކަމަށެވެ. މީގެ އިތުރުން އީވާ ވިދާޅުވީ އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާއި މި އަހަރުގެ ބަޖެޓަށް އިތުރުކުރާ ސަޕްލިމަންޓްރީ ބަޖެޓު ހުށަހަޅަން ތާވަލުކޮށްފައިވާ ޖަލްސާއަށް ބަލި ހާލަތު ހުރި ގޮތުން ވަޑައިގެންނެވެން ނެތް ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މަޖިލީހަށް އަންގަވާފައިވާކަމަށެވެ. މިކަމުގައިވެސް ވަކި ގޮތެއް ނިންމޭނީ ޖަލްސާގެ ކޯރަމް ހަމަވެ މަޖިލީހުން ވަކި ގޮތެއް ނިންމައިގެން ކަމަށް އީވާ ވިދާޅުވިއެވެ.

އެ ޖަލްސާ މެދުކަނޑާލުމުގެ ކުރިން އީވާ ވިދާޅުވެފައިވަނީ ބަޖެޓަށްވުރެ މުހިންމު އެހެން ޖަލްސާއެއް ނޯންނާނެ ކަމުގައެވެ.

އެއަށްފަހުވެސް، ނަޝީދު ނޯ ކޮންފިޑެންސް ޖަލްސާއަށް ފުރުސަތު ނުދީ ދެންވެސް ބާއްވާފައިވަނީ ބަޖެޓް ޖަލްސާއެވެ. އެހެންނަމަވެސް އެޖަލްސާގައި އެމްޑީޕީގެ މެމްބަރުން އިހުތިޖާޖު ކުރަން ފެށުމުން ޖަލްސާގެ ނިޒާމްވަނީ ގެއްލިފައެވެ.

 މަޖިލީހުގެ ދެވަނަ ޖަލްސާ ބޭއްވުމަށް އެޖެންޑާކޮށްފައި އޮތޯ މިއަދު ހެނދުނު 11 ޖަހާއިރުއެވެ. އެ ޖަލްސާގެ އެޖެންޑާގައި އޮތީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމަށް ހުށަހަޅާފައިވާ ގަރާރާ މެދުގައި ގޮތެއް ނިންމުމެވެ. އެހެންނަމަަވެސް ބަޖެޓް ޖަލްސާ ނިމުނުކަން އިއުލާން ނުކޮށް، އީވާ ރިޔާސަތު ދޫނުކުރުމާއި ގުޅިގެން އެޖަލްސާ ބޭއްވޭގޮތް ވަނީ ނުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ކ ކާކުމީދެން
ބަލާބަލަ ޑިމޮކްރޮޓިޔާ މެން ޖައްސާ ވައްތަރު އަލީ އާޒިމް ދޭބަލަ ދަތްޕިލަ ހަނުގަ އަޅަން
ޥ ޥަޒަންވެރިން
މީހަކަށް ރައީސްކަން ނުލިބުމުން މީހަކަށް ބޮޑުވަޒީރުކަން ހޯދަން ބަރުލަމާނީ އެެއްވެސް ނުގެނެވުނޭ ހާދަހާ ދެރައޭ ހަޔާތަށް ޙާދަ ލަދުވެތި ވައްތަރު ތަކެކޭ ޖައްސަން މިޖެހެނީ މަޖިލީހުގައި
ޒ ޒަވިޔަނި
މީގެކުރިންވެސް މަޖިލިސް މެމްބަރުންއުކި އޮގޮތައް އެއްލާލާ އީވާވެސް ފުލުހުންވައްދާގެން އެހެންނޫތޯ ؟
ގ ގައުމަށް ހެޔޮއެދޭ ފިވެހި ރަށްޔިތެއް.
ރަށްޔިތުންގެ މަޖިލީހަކީ ދެބެން ކޮންޓުރޯލްކުރާ ދައުލަތުން މިލިޔަނުން ހަރަދުކޮށްގެން ހިންގަމުން ގެންދާ އަމިއްލަ ގެޔަކަށް ހެދުމަށް ރައްޔިތުންގެ މަޖިލިސްގެ ޢަމިން ޢާމު ފުރުސަތު ދެއްވާގެން ނުވާނެ ހީވަނީ މަޖިލިސްމިއީ އެމީހުންގެ މައިން ބަފައިންގެ ތަރިކަ މުދާހެން މިދެން ބޮޑުވަރު މިއީދޯ ރިމެކުރަސީގެ އައްޕަ ގެނެސްދިން ތާހިރު ޢިމޮކުރަސީ އަކީ.؟