ޢައްޒާގެ ސްކޫލަކަށް ހަމަލާދީ އިސްރާއީލުން 20 ކުއްޖަކު ޝަހީދު ކޮށްލައިފި

ޢައްޒާގެ ސްކޫލަކަށް ހަމަލާދީ އިސްރާއީލުން 20 ކުއްޖަކު ޝަހީދު ކޮށްލައިފި

އިސްރާއީލުން ގާޒާގެ ސްކޫލަކަށް ބޮމުގެ ހަމަލާދީ 20 ކުއްޖަކު ޝަހީދު ކޮށްލައިފިއެވެ.

ފަލަސްތީނުގެ އަލް-ޝިފާ ހޮސްޕިޓަލުގެ ޑިރެކްޓަރ އަލްޖަޒީރާއަށް މައުލޫމާތު ދީފައިވާ ގޮތުގައި ގާޒާގެ ސްކުލަށް ދިން ބޮމުގެ ހަމަލާތަކުގައި ޝަހީދުވި ކުދިންގެ އަދަދު 20 އަށް އަރައެވެ.

އިސްރާއީލުގެ އަސްކަރިއްޔާއިން ބުނެފައިވަނި ހަމާސް-އިސްރާއިލް ހަނގުރާމަ ފެށުނުފަހުން އެގައުމުން 15،000 އަމާޒަކަށް އަސްކަރީ ހަމަލާ ދީފައިވާ ކަމުގައެވެ.

ކުރިޔަށްދާ ހަނގުރާމާގައި އިސްރާއީލުން ދަނީ ގާޒާގެ ހޮސްޕިޓަލްތަކަށްވެސް ހަމަލާތައް ދެމުންނެވެ. އެގޮތުން އިސްރާއީލުން ވަނީ ގާޒާގައި ހުންނަ އަލް ގުދުސް ހޮސްޕިޓަލަށް ހަމަލާދީ އެކަކު ޝަހީދުކޮށް 20 މީހަކު ޒަޚަމް ކޮށްލާފައެވެ. މީގެ ތެރެއިން ދެމީހެއްގެ ހާލު ވަރަށް ސީރިއަސްކަމަށްވެސް މީޑިއާތަކުން ރިޕޯޓު ކޮށްފައި ވެއެވެ.

ގާޒާގެ ހެލްތު މިނިސްޓްރީން ބުނެފައިވަނީ ގާޒާގެ 21 ހޮސްޕިޓަލެއް މިހާރުވަނީ ބޭނުން ނުކުރެވޭ ހާލަތުގައި ކަމުގައެވެ. އިސްރާއީލުން ޣައްޒާއަށް ދެމުންދާ އަނިޔާވެރި ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު މިހާރުވަނީ 11،000 އަށް އަރާފައެވެ. އޭގެ ތެރޭގައި 4,506 ކުޑަކުދިންވެސް ހިމެނެއެވެ.

 

 

 

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *