އެމްޑީޕީން ހުށަހެޅި ދުސްތޫރީ މައްސަލައިގެ ހުކުމް މިއަދު ހަވީރު އިއްވަނީ

އެމްޑީޕީން ހުށަހެޅި ދުސްތޫރީ މައްސަލައިގެ ހުކުމް މިއަދު ހަވީރު އިއްވަނީ

Author
ހުސެއިން
09 ނޮވެމްބަރ 2023 02:54
0

ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ، މަޖިލިސް ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިޔަށް ނުގޮސްގެން އެމްޑީޕީން ސުޕްރިމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލައިގެ ހުކުމް މިއަދު ހަވީރު އިއްވާގޮތަށް ސުޕްރިމް ކޯޓުގައި ތާވަލް ކޮށްފިއެވެ.

ސުޕްރިމް ކޯޓުން ކޮށްފައިވާ ޓުވީޓެއްގައި ވާގޮތުން އެ މައްސަލައިގެ ހުކުމް އިންވާނީ މިއަދު ހަވީރު 4:00 ގައެވެ.

ރައްޔިތުންގެ މަޖިލިހުގެ ޖަލްސާތައް މެދުކެނޑި، މަޖިލިހުގެ ހުރިހާ މަސައްކަތެއްކަހަލަ ގޮތަކަށް ހުއްޓުމަކަށް އައިސްފައިވަނީ، މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައެއްގައި ރިޔާސަތު ބަލަހައްޓަވަންޖެހޭނީ މަޖިލީހުގެ ނައިބު ރައީސްކަމަށާއި، އަދި މަޖިލީހުގެ ނައިބު ރައީސް ނެތް ހާލަތެއްގައި ކަންކުރަންވީ ގޮތެއް މަޖިލީހުގެ ގަވައިދުގައި އެގެން ނެތީސް، ރައްޔިތުންގެ މަޖިލިހުގެ މިހާރުގެ ނާއިބު ރައީސް އީވާ އާލާސްކަންފުޅާ އުޅުއްވާކަމަށްބުނެ، ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިޔަށް ގެންދިއުމަށް އުޒުވެވަޑައިގަތުމާއި ގުޅިގެންނެވެ.

މިމައްސަލައާއި ގުޅޭގޮތުން، އެމްޑީޕީން ބުނަމުންދަނީ، ރައްޔިތުންގެ މަޖިލިހުގެ ރިޔާސަތުގައި މަޖިލިސް ރައީސްއާއި ނާއިބު ރައީސްއަށް ނުބެލެހެއްޓޭ ގޮތް ވެއްޖެނަމަ ދެން އަމަލުކުރާންޖެހޭ ގޮތް މަޖިހުގެ ގަވާއިދުގައި ބަޔާން ކޮށްފައިވާ ކަމަށާއި، ރައްޔިތުންގެ މަޖިލިސް ހުއްޓުމަކަށް އަންނަ ގޮތަށް މަޖިލިހުގެ ގަވާއިދަ މާނަކޮށްގެން ނުވާނެ ކަމުގައެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝިދު މަޤާމުން ވަކިކުރުމަށް ހުށައަޅާފައިވާ މައްސަލަ ކުރިއަށް ނުގެންދެވި މަޖިލިސް ހުއްޓިފައިވާ މައްސަލައަށް މަޖިލީހުގެ ނިޒާމުގެ ތެރެއިން ހަތަރު ހައްލެއް އެބަ އޮތްކަމަށް، އެންމެ ފަހުން ބޭއްވުނު ސުޕްރިމް ކޯޓުގެ އަޑުއެހުމުގައި މަޖިލީހުގެ އަމީން ޢާންމު ފާތިމަތު ނިއުޝާ ވިދާޅުވެފައި ވެއެވެ.

އެގޮތުން ނިއުޝާ ވިދާޅުވީ މަޖިލިސް ރައީސް ވަކިކުރުމުގެ މައްސަލަ ކުރިއަށް ގެންދަން ރިޔާސަތުގައި ވަކި ބޭފުޅަކު އިންނަވަން ޤަވާއިދުގައި ވަރަށް ސާފުކޮށް ބަޔާންކޮށްފައިވާއިރު އިޖުރާއަތުގެ މާނައެއް ނަގައިގެން މަޖިލީހުގެ އިދާރާއަށް އެހެން ގޮތަކަށް އަމަލު ކުރުމުގެ ބާރު ނޯންނާނެކަމަށެވެ. ނަމަވެސް މިހާރު ދިމާވެފައިވާ މައްސަލައަށް މަޖިލީހުގެ ނިޒާމުގެ ތެރެއިން 4 ޙައްލެއް ގެނެވިދާނެކަަމށް ޤަބުލުކުރައްވާކަމށް ވިދާޅުވެ ނިއުޝާ ވަނީ އެ 4 ހައްލު ސާފުކޮށްދެއްވާފައެވެ.

އެގޮތުން ފުރަތަމަ ޙައްލެއްކަމަށް ނިއުޝާ ބަޔާންކުރެއްވީ މަޖިލީހުގެ ގަވާއިދުގެ 108 ވަނަ މާއްދާގެ ދަށުން މަޖިލީހުގެ އާންމު ކޮމިޓީގެ އިސް ނެގުމުގެ ދަށުން، ގަވާއިދު އިސްލާހުކޮށް އެކަމުގައި ގޮތެއް ނިންމުމަށްޓަކައި މަޖިލީހުގެ ތަޅުމަށް ހުށަހެޅުމެވެ.

ދެވަނަ ޙައްލުކަމަށް ނިއުޝާ ފާހަގަކުރެއްވީ މަޖިލީހުގެ ގަވާއިދު އިސްލާހު ކުރުމަށް ގަރާރެއްގެ ސިފައިގައި މެމްބަރަކު ހުށަހެޅުއްވުމެވެ. ނަމަވެސް މިއީ ތަންކޮޅެއް ދިގު މުއްދަތެއް ހޭދަވެދާނެ ކަމެއްގެ ގޮތުގައި ނިއުޝާ ވަނީ ފާހަގަކުރައްވާފައެވެ.

ތިންވަނަ ހައްލަކީ، މައްސަލައެއް ގޮތަށް ގަވާއިދު އިސްލާހު ކުރަން މެމްބަރަކު ހުށަހެޅުމެވެ. ނިއުޝާ ވަނީ އެމްޑީޕީގެ ޕީޖީ ލީޑަރު މުހައްމަދު އަސްލަމް ހުށަހަޅުއްވާފައިވާ އެފަދަ މައްސަލައެއް މިހާރުވެސް މަޖިލީހުގެ ނިޒާމުގެ ތެރޭގައި އެބަ އޮތް ކަން ފާހަގަކުރައްވާފައެވެ.  މައްސަލަ އެޖެންޑާކޮށްދޭން އެދިވަޑައިގެންފައިވާނެކަމަށް ނިއުޝާ ވިދާޅުވިއެވެ.

ހަތަރުވަނަ ހައްލެއްގެ ގޮތުގައި ނިއުޝާ ދެއްކެވީ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ ގަރާރެއްގެ ރިޔާސަތުގެ މަޖިލީހުގެ ނައިބު ރައީސަށް ނުބެލެހެއްޓޭ ހާލަތެއްގައި އަމަލުކުރާނެ ގޮތެއް ކަނޑައަޅާފައި ނުވާތީ، މިއީ ގަވާއިދުގެ 250 ވަނަ މާއްދާގެ ދަށުން ގަވާއިދުގައި ބަޔާންކޮށްފައިނުވާ ކަމެއް ދިމާވެއްޖެ ކަމަށް ބަލައި، މަޖިލީހުން ގޮތެއް ނިންމުމެވެ.

މި މައްސަލައާއި ގުޅޭގޮތުން ސުޕްރިމް ކޯޓުގައި ވާހަކަ ދައްކަވަމުން ދަޑިމޮކްރެޓްސްއިން ބުނެފައިވަނީ މިމައްސަލައަކީ ސުޕްރިމް ކޯޓުން ބެލޭނެ މައްސައެއް ނޫންކަމުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.