ހދ. ކުޅުދުއްފުށި ސިޓީގައި ކުރިއަށްދާ އެސްޓީއޯ ޒިގްޒެގް އިންޓަރ އޮފީސް ނުވަވަނަ ފުޓްސަލް މުބާރާތުގެ އެންމެ އެންމެ މޮޅު ކުޅުންތެރިއާގެ މަޤާމު ކޭޕީއާރުސީއަށް މޮޅު ކުޅުމެއް ދެއްކި އިއްބެއަށް ލިބިއްޖެއެވެ.
މުބާރާތުގެ ފައިނަލް މެޗަށްފަހު މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާއާއި، ރަންބޫޓޫ ހޯދި ކުޅުންތެރިޔާއާއި، ފެއާ ޕްލޭޓީމު ވަނީ ހޮވާފައެވެ. މުބާރާޓުގެ ކިންގް އޮފްދަ ޓޯނަމެންޓަކަށް ހޮވިފައިވަނީ ކޭޕީއާރުސީއަށް މޮޅު ކުޅުމެއް ދެއްކި ފުރަތަމަ ޑިވިޝަންގެ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަށް ކުޅެމުންދާ އިތުބާރު ފޯވާޑު އިއްބެއެވެ. އޭނާ ވަނީ މުބާރާތުގެ ހުރިހާ މެޗެއްގައިވެސް އެއްފެންވަރެއްގައި ކުޅެ މޮޅު ކުޅުމެއް ދައްކާފައެވެ.
މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންގެ ތެރޭގައި ހިމެނެނީ ކުލަބު ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) އާއި ކުޅުދުއްދުށީ ޕޯޓް ރެކްރިއޭޝަން ކުލަބު (ކޭޕީއާރުސީ)ގެ ކުޅުންތެރިންނެވެ.
މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިން:
1. އިސްމާއިލް ފާތިހު / ތާޑޭ (ކޭޕީއާރުސީ)
2. އިއްބެ (ކޭޕީއާރުސީ)
3. އައިހަމް (ކޭޕީއާރުސީ)
4. ޖުނައިދު (ކޭއާރުއެޗް)
5. ޑޭވިޑް (ކޭއާރުއެޗް)

މުބާރާތުގެ ރަންބޫޓު ހާސިލް ކުރީ ކޭޕީއާރުސީއަށް މޮޅު ކުޅުމެއް ދެއްކި އައިހަމްއެވެ.

އޭނާ ވަނީ މިމުބާރާތުގައި 11 ގޯލް ކާމިޔާބު ކޮށްދީފައެވެ. އޭނާއަކީވެސް ފުރަތަމަ ޑިވިޝަންގެ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަށް ކުޅެމުންދާ އެޓީމުގެ އެންމެ މުހިންމު އެއްކުޅުން ތެރިޔާއެވެ.
މުބާރާތުގެ ފެއާޕްލޭޓީމަކަށް ހޮވިފައިވަނީ ކޭއާރުއެޗް އެވެ.

މިމުބާރާތަކީ ވަރަށް ފުރިހަމަ އިންތިޒާމު ތަކާއިއެކު ޒިގްޒެގުން ބޭއްވި މުބާރާތެކެވެ. މުބާރާތް ފުރިހަމަ ކަމާއިއެކު ބޭއްވުމަށް ގިނަ ފަރާތްތަކެއްގެ އެހީ ލިބިފައިވާކަން ޒިގްޒެގުން ފާހަގަ ކުރެވެއެވެ.
2 Responses
ޑޭވިޑް އެންމެ މޮޅު ފަސްކުޅުންތެރިންގެ ތެރޭގައި ހިމެނެންޖެހޭ އެއްވެސް ސަބަބެއް ނެތް
ޑޭވިޑް އޭ! ޑޭވިޑް ކިޔާ މީހެއް ނެތް ތިތާ..ތި ބުނާ ސޮރަކީ ކުޅުދުއްފުށީ މީޑިއާ އަދި ސޯސަލް މީޑިއާ އިން މައްސޫރު ކުރާ ބޮޑު ފޯކެއް..ތިސޮރެއް ބޯޅަ ކުޅޭ ތަން ހަމަ ލޮލައް ފެންނަ ބަޔަކަށް ވިޔަ އިނގޭނެ މީތެދެއްކަން..