ސަރުކާރުގެ "ގެދޮރުވެރިޔާ" ސްކީމްގެ ދަށުން މިހާރު އިމާރާތް ކުރަމުން އަންނަ 4،000 ފްލެޓު ލިބޭ މީހުންގެ ދާއިމީ ލިސްޓު ސަރުކާރުން އާންމުކުރިއިރު، ހިންގާފައިވަނީ ބޮޑު ޖަރީމާއެއް ކަމަށާއި، 4،000 ފްލެޓް ބަހާފައިވާގޮތް ތަހުގީގުކުރަން ޖެހޭކަމުގައި ޓްރާންސްޕޯޓު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ސައުދު ވިދާޅުވެއްޖެއެވެ.
ސަރުކާރުގެ ގެޒެޓްގައި ވަނީ 4،000 ފްލެޓު ލިބޭ މީހުންގެ ލިސްޓް އާންމުކޮށްފައެވެ. ލިސްޓް އާންމު ކުރީ ދެ ކޮޓަރީގެ ފްލެޓާއި ތިން ކޮޓަރީގެ ފްލެޓު ލިބޭ މީހުން ވަކިންނެވެ.
ހައުސިން މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ ތިން ކޮޓަރީގެ ފްލެޓްގެ ދާއިމީ ލިސްޓްގައި ހިމެނޭ މީހުންގެ ތެރެއިން ފްލެޓް ލިބޭ މީހުންގެ ތެރޭގައި ހިމެނެނީ 76 އިން ފެށިގެން މަތިން މާކްސް ލިބިފައިވާ މީހުން ކަމަށެވެ. އަދި ދެ ކޮޓަރީގެ ފްލެޓުގެ ދާއިމީ ލިސްޓުގައި ހިމެނޭ މީހުންގެ ތެރެއިން ފްލެޓު ލިބޭ މީހުންގެ ތެރޭގައި ހިމެނެނީ 73 އިން ފެށިގެން މަތިން މާކްސް ލިބިފައިވާ މީހުން ކަމަށް ވެސް ހައުސިން މިނިސްޓްރީގެ އިއުލާންގައިވެއެވެ.
ފްލެޓް ލިބޭ މީހުންގެ ލިސްޓާއި ގުޅޭގޮތުން ނުރުހުން ފާޅުކޮށް ސައުދު ވިދާޅުވެފައިވަނީ ނެރުނު ފެލެޓް ލިސްޓަކީ ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓްރ އަކުރަމްއާއި މިނިސްޓަރު އަސްލަމް ނުފޫޒުގެ ބޭނުންކޮށް، ކަޅުފައިސާގަ ޖެހިގެން ވަކި ބަޔަކަށް ފްލެޓް ބަހާފަ އިން ލިސްޓެއް ކަމުގައެވެ. އެގޮތުން ޕޮއިންޓް ދޭ އުސޫލު ނެތި، ޕޮއިންޓް ދިނީ ކިހިނަކުންތޯ ސުވާލު އުފެދޭކަމަށްވެސް އޭނާ ވިދާޅުވެފައި ވެއެވެ. އަދި އޭނާވަނީ އެކަން ތަހުގީގު ކުރުމަށްވެސް ގޮވާލައްވާގައެވެ
@ACC_Maldives minerun flate list akee @Akramkdeen adhi minister aslam seedhaa nufooz aa kalhu faisaa jehigen vaki baykah flate bahaafa in listeh.point dhey usool nethi point dhineee kihinakun tho suvaal ufehdhey.mikan thahugeeg kurumah govaalan.mee bodu jareemaa eh.@ibusolih
— Saudulla Ahmed (@saudullaahmed1) November 4, 2023
4،000 ފެލެޓް ދިންގޮތާއި ގުޅޭގޮތުން ގިނަ ބައެއްގެ ޝަކުވާތައް ކުރަމުންދަނީ، ފްލެޓް ލިބޭ މީހުންގެ ލިސްޓު އާންމުކުރިއިރު، ފެލެޓް ލިބޭ މީހުންނަށް ޕޮއިޓް ދިނީ ކޮންގޮތަކުންކަން ސާފުވާންވެސް ނެތުމުންނެވެ. އެގޮތުން ގިނަ ދަރިންތިބި، އަދި އުޅޭނެ އެހެން ގޮތެއް ނެތް މީހުންނަށް މަދުން ޕޮއިޓް ލިބިފައިހުރިއިރު، މީހުންނާ ނީނދެ ތިބި ޒުވާނުންނަށްވެސް މަތިން ޕޮއިންޓް ލިބިގެން ފްލެޓްތައް ލިބިފައި ހުއްޓެވެ.
ހަމަ އެއާއެކު، އެޕްލިކޭޝަންތައް ލީ މީހުންގެ ދިރިއުޅުމުގެ ހާލަތު ވަޒަންކުރަން ކަމާއި ގުޅުންހުރި މުވައްސަސާތަކުން ގެތަކަށް ގޮސް، ހުށަހަޅާފައިހުރި މައުލޫމާތުގެ ސައްހަކަން ކަށަވަރު ކޮށްފައެއްވެސް ނުވެއެވެ.
އެގޮތުން ގިނަ ބަޔަކު ތުހުމަތު ކުރަމުންދަނީ، ސަރުކާރުގެ އިސްވެރިން ބޭނުންވާ ބަޔަކަށް ފެލެޓް ދިނުމަށްޓަކާ، ޕޮއިންޓު ދިނުމުގެ ބޮޑެތި އޮޅުވާލުންތަކެއް ފެލެޓްތައް ބަހާފައިވާ ކަމުގައެވެ.
7 Responses
ޜަގަޅު ވަާހަކައެއް ވަރަށް އިންސާފައެއް ނެތި ކޮށްފާވާކަމެއް
މިއީ ވަރަށް ނުތާހިރުކޮށް ހިންގާފައިވާ ޖަރީމާއެއް
Raajje akee India ge baeh kamah qabool kura Rundieh mi’ee 🧐😡
3 ދަރިން ގޮވައިގެން 1 ކޮޓަރީ ގައި ކައްކާ ކައި ހަދާ އިރުވެސް އަހަރުމެންނައް ނުލިބޭ. އެކަމު ދަރިން ނެއް މީހުން ނައް ވެސް ފުލެޓު ލިބުނު.އެއްވެސް އިންސާފެއް ނެއް.
ދަރިން ރަށު ސުކޫލަށް ލައިގެން، ދެމަފިރިން ރަށުގަ ދިރިއުޅެމުން ވެސް އެންމެ މަތިން ޕޮއިންޓު ލިބިފަ.
އަސްލުވެސް .. ތެދެއް ތީީ
މިކަމުގައި ގޯހީ ދޮގު މަޢުލޫމާތުދީ އޮޅުވައިލައިގެން ފޯމުފުރާ މީހުން.