ސިއްރު ހާމަކުރާތީ ކަމަށްބުނެ، ފެނަކައިގެ ސީނިއަރ އޮފިސަރަކު ވަޒީފާއިން ވަކި ކޮށްފި

ސިއްރު ހާމަކުރާތީ ކަމަށްބުނެ، ފެނަކައިގެ ސީނިއަރ އޮފިސަރަކު ވަޒީފާއިން ވަކި ކޮށްފި

Author
ހުސެއިން
04 ނޮވެމްބަރ 2023 05:38
0

ކުންފުނީގެ ސިއްރު ހާމކުރާތީކަމަށްބުނެ ފެނަކައިގެ ސީނިއަރ އޮފިސަރަކު ވަޒީފާއިން ވަކި ކޮށްފިއެވެ.

ފާއިތުވި ހަފްތާގެ ބުރާސްފަތި ދުވަހު ފެނަކައިގެ ވަޒީފާއިން ވަކޮށްފައިވަނީ އެކުންފުނީގެ ސީނިއަރ އޮފިސަރު ޔޫސުފް ރަމީޒެވެ.

އޭނާ ވަޒީފާއިން ވަކިކުރި ޗިޓްގައި ބުނެފައިވަނީ ކުންފުނީގެ ސިއްރު މައުލޫމާތާއި ކުންފުނީގެ ލިޔެކިޔުންތައް ހާމަ ކުރުމާއި އާންމު ކުރުމާއި ދޫކުރުމާއި ބޭރުކުރުމާއި ކޮޕީ ހެދުމާއި ރެކޯޑް ކުރުން ފަދަ ކަންކަން ކުރުމާއި އެކަންކަން ކުރަން މަގުފަހި ކުރާތީ ވަޒީފާ އިން ވަކި ކޮށްފައިވާ ކަމުގައެވެ.

ޔޫސުފް ރަމީޒު ވަޒީފާ އަދާކުރަމުން އައިސްފައިވަނީ، ފެނަކައިގެ މާލެ ހެޑް އޮފީހުގައެވެ. އޭނާ ފެނަކައާ ގުޅުނީ ޖޫން 1، 2016 ގައެވެ.

ފެނަކައަކީ ރައީސް ސާލިހުގެ ދައުރުގައި ވަރަށްބޮޑަށް ދަރަނިވެރި ވެފައި އޮތް ކުންފުންޏެކެވެ. އަދި އެކުންފުނީގެ ވެރިންގެ މައްޗަށްވަނީ ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއްވެސް ކުރެވިފައެވެ. އެގޮތުން، ހަތް ހާހަށް ވުރެ ގިނަ މުވައްޒިފުން ތިބި އެ ކުންފުންޏާއި ގުޅޭ 75 މައްސަލައެއް މިހާރު ވެސް އޭސީސީން ދަނީ ބަލަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.