އެސްޓީއޯ ޒިގްޒެގް އިންޓަރ އޮފީސް 9 ވަނަ ފުޓްސަލް މުބާރާތުގައި ފުލުހުން ބަލިކޮށް ސައްތައިން ސައްތަ ރެކޯޑަކާއިއެކު ކޭއާރުއެޗު މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފިއެވެ.
ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗު ކޭއާރުއެޗުން ކާމިޔާބު ކުރީ 2-1 ގެ ނަތީޖާއަކުންނެވެ. މިމެޗުގައި ދެޓީމުގެ ފަރާތުންވެސް ބަލާހިތްވާ ފޯރިގަދަ ކުޅުމެއް ވަނީ ފެނިގެން ގޮސްފައެވެ. މިމެޗާއި ކުރިމަތިލިއިރުވެސް ކުއަޓާ ޔަގީން ވެފައި އޮތް ކޭއާރުއެޗުން ފުލުހުން ބަލިކޮށް މުބާރާތުގެ ކުއާޓާ އަށް ދަތުރު ކުރީ ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައެވެ.
ރޭގެ މެޗުގައި މޮޅު ކުޅުމެއް ދައްކައި ކޭއާރުއެޗުން ކާމިޔާބު ކުރި ދެގޯލްވެސް ކާމިޔާބު ކުރީ ޖުނައިދެވެ. ފުލުހުން ޖެހި ހަމަ އެކަނި ގޯލް ކާމިޔާބު ކޮށްދިނީ އަހުމަދު ގާސިމްއެވެ. މިމެޗުން ބަލިވިޔަސް ފުލުހުން ވަނީ ކުއާޓާއަށް ދަތުރުކޮށްފައެވެ. މެޗުގެ މޮޅުން ކުޅުންތެރިޔަކަށް ހޮވިފައިވަނީ ކޭއާރުއެޗްގެ ދެގޯލުވެސް ކާމިޔާބު ކޮށްދިން ޖުނައިދެވެ.
ރާއްޖޭގެ އެންމެ ވަރުގަދަ ފުޓްސަލް ކުޅުންތެރިން ފެނިގެންދާ މިމުބާރާތުގެ މެޗުތައް މުޅި ރާއްޖެއަށް ފެންނާނޭހެން ހުރިހާ މެޗެއް ޒިގްޒެގް ފޭސްބުކް ޕޭޖުން ލައިވް ކުރެއެވެ. އަދި ކުއާޓާ ފައިނަލް މެޗުތަކުން ފެށިގެން ފައިނަލް މެޗާއި ހަމައަށް ހުރިހާ މެޗެއް ޔެސް ޓީވީން ވަގުތުން ގެނެސްދޭނެއެވެ. މުބާރާތުގެ މެޗުތަކުގެ ޚަބަރުތައް، ޚަބަރު އޮންލައިނާއި، ވަގުތު އޮންލައިން އަދި ޕީއެސްއެމްއިން ގެނެސް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
މިމުބާރާތުގައި ޗެމްޕިއަން ޓީމާ ރަނަރަޕް އަދި ފެއާރ ޕްލޭ ޓީމާއި ކިންގް އޮފް ދަ ޓޯނަމެންޓްގެ އިތުރުން ކޮންމެ މެޗެއްގެ މޭން އޮފް ދަ މެޗާއި އެންމެ ގިނަ ގޯލްޖެހި ކުޅުންތެރިޔާ އަދި އެންމެ މޮޅު 5 ކުޅުންތެރިން ހޮވުމަށް ހަމަޖެހިފައިވެއެވެ. މިމުބާރާތުގެ ޗެމްޕިއަން ޓީމަށް 20 ހާސް ރުފިޔާގެ ފައިސާގެ އިނާމެއް ވެސް ދިނުމަށް ހަމަޖެހިފައިވެއެވެ. މުބާރާތުގެ ގަވާއިދަށް މުބާރާތުގައި ބައިވެރިވާ ހުރިހާ ފަރާތްތަކުން ވެސް، ކުޅިވަރުގެ ރޫހާ ހިލާފު ނުވާގޮތުގެ މަތިން ވަރަށް ފޯރިއާއެކު މުބާރާތް ނިންމާލުމަކީ ޒިގްޒެގުގެ ވަރަށް ބޮޑު އެދުމެކެވެ.
މިމުބާރާތުގެ އެކްސްކްލޫސިވް ޕާޓްނަރަކީ އެސްޓީއޯއެވެ. ބޭންކިން ޕާޓްނަރަކީ ބީއެމްއެލްއެވެ. ޑިޖިޓަންލް ޕާޓްނަރަކީ ދިރާގެވެ. މުބާރާތުގެ ބްރޯޑްކާސްޓިން ޕާޓްނަރަކީ ޔެސްޓީވީއެވެ. އަދި އޮންލައިން ޕާޓްނަރުންނަކީ ޚަބަރު އޮންލައިނާއި ވަގުތެވެ. ޕްރިންޓިން ޕާޓްނަރަކަށް ޑަބްލިއު ކްރާފްޓް ސެންޓަރ ހަމަޖައްސާފައިވާއިރު، ކޭޓްރިން ޕާޓްނަރުންނަކީ އޮރެންޖް ޑެކް އަދި ކަނިވަލް އެވެ. މުބާރާތުގެ އެޑް ބޯޑަރުންގެ ގޮތުގައި ހަމަޖައްސާފައިވަނީ އިންކްވެލް، ޗާންލަދަލިޔާ ބުކްޝޮކް އަދި ސީންއެވެ.