އިކޮނޮމިކް މިނިސްޓްރީގެ ޑިޖިޓަލައިޒޭޝަން މަސައްކަތަށް ބައިނަލްއަގުވާމީ އެވޯޑެއް

އިކޮނޮމިކް މިނިސްޓްރީގެ ޑިޖިޓަލައިޒޭޝަން މަސައްކަތަށް ބައިނަލްއަގުވާމީ އެވޯޑެއް

Author
މުޙައްމަދު ޝަޒައިމް
01 ނޮވެމްބަރ 2023 08:48
0

އިކޮނޮމިކް މިނިސްޓްރީގެ ހިދުމަތްތައް ޑިޖިޓަލައިޒް ކުރުމަށްޓަކައި ކުރި މަސައްކަތުގެ އަގުވަޒަން ކުރުމުގެ ގޮތުން ސީއާރުއެފް 2023 އިނޮވޭޝަން އެވޯޑް (ކޮމެންޑޭޝަން) އެ މިނިސްޓްރީއަށް ދީފިއެވެ.

މި އެވޯޑު ލިބުނީ މިނިސްޓްރީން އަލަށް ތައާރަފުކުރި "ކޯޕަރޭޓް ޕްރޮފައިލް އަދި ވެރިފިކޭޝަން" އަށެވެ. އިކޮނޮމިކް މިނިސްޓްރީން ބުނި ގޮތުގައި މިއީ އެ މިނިސްޓްރީގެ ޑިޖިޓަލައިޒައިޝޭންގެ މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުން ލިބިފައިވާ ފުރަތަމަ ބައިނަލްއަގުވާމީ އެވޯޑެވެ.

އިކޮންމިކް މިނިސްޓްރީން ބުނި ގޮތުގައި މިއީ އެ މިނިސްޓްރީން ކުރާ މަސައްކަތުގެ އަގު ވަޒަން ކުރުމުގެ ގޮތުން ލިބިފައިވާ ފުރަތަމަ ބައިނަލްއަޤުވާމީ އެވޯޑެވެ. އެގޮތުން، މި އެވޯޑު ލިބުނީ މިނިސްޓްރީން އަލަށް ތައާރަފުކުރި "ކޯޕަރޭޓް ޕްރޮފައިލް އަދި ވެރިފިކޭޝަން" އަށެވެ. މިނިސްޓްރީން ބުނީ، އޮންލައިންކޮށް ދޫކުރާ ޕްރޮފައިލް ޝީޓުތައް ބޭންކުތަކާއި އެހެނިހެން ހިދުމަތް ދޭ ތަންތަނުން، ސައްހަތޯ ކަށަވަރު ކުރުމަށް ކޮންމެ ޝީޓެއްގައި ހާއްސަ ވެރިފިކޭޝަން ކޯޑެއް ހިމަނާފައިވާނެ ކަމަށެވެ.

އިކޮނޮމިކް މިނިސްޓްރީން ތައާރަފުކުރި ހިދުމަތުގެ ސަބަބުން 300 ސާވިސް ރިކުއެސްޓް ސާވިސް ކިއު އިން އުނިކުރެވި، ކޯޕަރޭޓް ޕްރޮފައިލް ޝީޓް މެދުވެރިކޮށް އެ މައުލޫމާތު ލިބޭނެ ނިޒާމް ވަނީ ފަރުމާކުރެވިފައެވެ. އަދި މިހާރު ސީދާ ބިޒްނަސް ޕޯޓަލް މެދުވެރިކޮށް ވިޔަފާރިތަކުގެ ޕްރޮފައިލް ޝީޓު ވަގުތުން ޖެނެރޭޓުކުރެވެއެވެ.

މި ވޭތުވި އަހަރުތަކުގެ ތެރޭގައި ބިޒްނަސް ޕޯޓަލް އިތުރަށް ތަރައްގީކުރަމުން އައިސް މިހާރު އިކޮނޮމިކް މިނިސްޓްރީން އާންމުންނާއި ވިޔަފާރިތަކަށް ފޯރުކޮށްދޭ ގިނަ ހިދުމަތްތަކެއް ބިޒްނަސް ޕޯޯޓަލް މެދުވެރިކޮށް އޮންލައިންކޮށް ލިބެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.