ޕީޖީ އޮފީސް ޖޫރިމަނާކުރި މައްސަލަ އިސްތިއުނާފްކޮށްފި

ޕީޖީ އޮފީސް ޖޫރިމަނާކުރި މައްސަލަ އިސްތިއުނާފްކޮށްފި

ފޭދޫ މެޖިސްޓްރޭޓް ކޯޓުގެ ހުރުމަތްކެނޑިކަމަށ ްބުނެ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީސް (ޕީޖީ) 10000 ރުފިޔާއިން ޖޫރިމަނާކުރި މައްސަލަ އިސްތިއުނާފްކޮށްފިއެވެ.

އެޕީޖީ އޮފީސް ފޭދޫ މެޖިސްޓްރޭޓް ކޯޓުގައި ހިނގަމުންދާ މައްސަލައެއްގައި ބޭނުންވި މަޢުލޫމާތު ޕީޖީން ދީފައި ނުވާތީކަމަށް ބުނެއެވެ. މިކަމާިއ ގުޅިގެން ޕީޖީން ނެރުނު ބަޔާނެއްގައި ވަނީ ފޭދޫ ކޯޓުން އެދުނު މަޢުލޫމާތަކީ އެއޮފީހަށް ލިބިފައިވާ މަޢުލޫމާތެއް ނޫންކަމަށް ބުނެފައެވެ.  އެފަދަ މަޢުލޫމާތު ޕްރޮސިކިއުޝަން މެދުވެރިކޮށް ހޯދޭ ގޮތަށް އޮންނަ އިޖުރާއަތާ އެއްގޮތަށް ދިފާޢުން ހުށަހެޅުއްވުމުން އެ މަޢުލޫމާތު ހޯދުމުގެ މަސައްކަތް ޕީޖީ އޮފީހުން ކުރައްވާނެކަން ކޯޓުގައި އދިފައިވާނެކަމަށް ޕީޖީން ބުންޏެވެ.

ނަމަވެސް އެގޮތަށް މަޢުލޫމާތު ހޯއްދެވުމަށް ކޯޓުން ޕީޖީއަށް ހުށައަޅުއްވާފައިނުވާކަމަށާއި، ކޯޓުން އެދިފައިވާ މަޢުލޫމާތަކީ، ފުލުހުންގެ މުއައްސަސާއިން ހޯއްދަވަންޖެހޭ މަޢުލޫމާތެއްކަމަށާއި އެމަޢުލޫމާތު ހޯއްދެވުމަށް ކޯޓުން އެމުއައްސަސާއަށް އަމުރެއް ފޮނުއްވާފައިވާކަމުގެ މަޢުލޫމާތު ލިބިވަޑައިގަންނަވާފައިވާކަމަށް ޕީޖީން ބުންޏެވެ. އެހެންކަމުން މިމައްސަލައިގައި ޕީޖީ އޮފީހުން ކޯޓުގެ ޙުރުމަތް ކަނޑާލީކަމަށް ބެލުމަކީ އިންސާފުވެރިގޮތް ކަމަށް ނުވެދާނެތީ ޕީޖީ އޮފީސް ޖޫރިމަނާކުރި މައްސަލަ މަތީ ކޯޓެއްގައި އިސްތިއުނާފްކުރުމުގެ މަސައްކަތް ކުރައްވަމުންދާކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

މީގެ އިތުރުން ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގައި ޝަރީޢަތުގެ މަޖިލީހުގެ ނިޒާމާ ޚިލާފުވުންކަމުގައި ބަލައި އަދަބެއް ކަނޑައެޅޭނީ "ޝަރީޢަތުގެ މަޖިލީސް ހިނގަމުންދަނިކޮށް" ހިނގާކަމެއްގައި ކަމަށް ސާފުކޮށް ބަޔާންކޮށްފައިވާއިރު، ޝަރީޢަތުގެ މަޖިލީހުގެ ތެރޭގައި ނޫން ގޮތަކަށް ދިމާވި ކަމެއްގައި، އެމާއްދާގެ ދަށުން އަދަބު ކަނޑައެޅިގޮތާއި މެދުވެސް ޕީޖީއިންވަނީ ސުވާލު އުފައްދަވާފައެވެ.

ޕީޖީން އެ މައްސަލަ އިސްތިއުނާފްކޯށްފައިވަނީ ސުޕްރީމް ކޯޓުގައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *