އެމްބިއުލާންސްތަކެއް ރެޖިސްޓްރީ ކޮށްދިނުން ލަސްވެގެން ޝަކުވާ ކުރުމުން، ހަމަދުގެ އީމެއިލް ބޭނުން ނުކުރެވޭ ގޮތް ހަދައިފި

އެމްބިއުލާންސްތަކެއް ރެޖިސްޓްރީ ކޮށްދިނުން ލަސްވެގެން ޝަކުވާ ކުރުމުން، ހަމަދުގެ އީމެއިލް ބޭނުން ނުކުރެވޭ ގޮތް ހަދައިފި

Author
ހުސެއިން
30 އޮކްޓޯބަރ 2023 09:03
0

ޓްރާންސްޕޯޓު މިނިސްޓްރީގައި ރަޖިސްޓްރީ ކުރުމަށް ހެލްތު މިނިސްޓްރީން ފޮނުވި އެމްބިއުލާންސްތަކެއް އެ މިނިސްޓްރީގައި ރަޖިސްޓްރީކޮސްދިނުން ލަސްވެގެން މިނިސްޓްރީގެ ޕާމަނެންޓް ސެކެޓްރީއަށް ކުރި އީމެއިލްއަކާ ގުޅިގެން ޓްރާންސްޕޯޓު މިނިސްޓްރީގެ ނާއިބު ޙަމަދު ޢަބްދުލްޣަނީގެ އީމެއިލް މިނިސްޓްރީން ބޭނުން ނުކުރެވޭ ގޮތް ހަދައިފިއެވެ.

ޓްރާންސްޕޯޓު މިނިސްޓްރީގެ ޕާމަނެންޓް ސެކެޓްރީއަށް ހަމަދު ކުރި އީމެއިލްގައި ވިދާޅުވެފައިވަނީ، ހެލްތު މިނިސްޓްރީން ރަޖިސްޓްރީ ކުރުމަށް ފޮނުވި، ޖަޕާން ސަރުކާރުގެ އެހީގައި ފޯރުކޮށްދީފައިވާ އެމްބިއުލާސްތަކަކީ ބަލިމީހުންނަށް އެމަޖެންސީ އެހީ ފޯރުކޮށްދިނުމަށް ބޭނުންވާ އެއްގަމު އުޅަނދުތަކަށް ވާތީ، އެތަކެތި ރަޖިސްޓްރީ ކުރުމުން ލަސްވެއްޖެނަމަ އެތައްބައެއްގެ ފުރާނައަށް ނުރައްކާވެދާނެކަމަށް ވިދާޅުވެއެވެ.

އަދި އޭނާ ވިދާޅުވެފައިވަނީ، އެމްބިއުލާންސްތައް ރަޖިސްޓްރީކުރުމަށް ހުށަހަޅާފައިވާ އެޕްލިކޭޝަންގެ މައުލޫމާތު ޓްރާންސްޕޯޓު މިނިސްޓަރގެ އިތުރުން އެ މިނިސްޓްރީގެ ލޭންޑްޑިޕާޓްމަންޓަށްވެސް އެނގޭނެކަމަށާއި، ރަޖިސްޓްރީކުރުން މިހާރުވެސް ލަސްވެފައިވާ އެމްބިއުލާންސްތައް ރަޖިސްޓްރީކުރުން މިނިސްޓްރީއަށް ލިބިފައިވާ ގާނޫނީ އިޚްތިޔާރުތަކުގެ ދަށުން އަވަސް ކުރެވޭނެ ކަމަށެވެ.

އެމްބިއުލާންސް ރަޖިސްޓްރީ ކޮށްދިނުން ލަސްވެގެން ހަމަދު ޝަކުވާކޮށްފައި ވަނިކޮށް، އޭނާގެ މިނިސްޓްރީގެ އީމެއިލް ބޭނުން ނުކުރެވޭގޮތަށް ހަދާފައިވަނީ އީމެއިލް މެދުވެރިކޮށް އޭނާ ޝަކުވާ ހުށަހެޅިތާ އެއްދުވަސް ފަހުން، މިމަހުގެ 19 ވަނަ ދުވަހުއެވެ.

މިމައްސަލާގައި އޭނާ ކުރި ޓުވީޓުގައި ތުހުމަތު ކޮށްފައިވަނީ، އޭނާގެ އީމެއިލް ބޭނުން ނުކުރެވޭ ގޮތް ހަދާފައިވަނީ ޓްރާންސްޕޯޓު މިނިސްޓަރ އަޑީގައި ހުންނަވައިގެން، އެ މިނިސްޓްރީގެ ތެރޭގައި ހިނގާފައިވާ އުސޫލާއި ޚިލާފް ކަންކަމުގެ ވާހަކަ އޭނާ ދައްކަވާތީ އޭނާގެ އަޑު ކަޑުވާލުމުގެ މަގުސަދުގައި ކަމަށެވެ.

އަދި އޭނާ ވިދާޅުވެފައިވަނީ އީމެއިލް ބޭނުން ނުކުރެވޭ ގޮތް ހެދިޔަސް އޭނާގެ އަޑު ކަނޑުވާ ނުލެވޭނެކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ސ ސުހާ
ހުސެން ތިހެދީ ކަނޱައެޅުގެން ދޮގެއް. ތިވައްކަންތައް ކުރަނީ ރުޝޫނާ ކިޔާމީހަކާއި އެތާނގެ އެންމެ މަތިން. ހަމަދު ނުހިމެނޭ.
ޙ ޙުސެން
ޙަމަދު އަކީ ބޮލުރޮއްޖެެއް، ޑޮމެިއިން ވަގަށް ވިއްކައިގެން މަސްައަކަތުން އެކަހެރި ކުރެވިފައިވާ ފަރާތެއް
ޙ ޙަމަދު
ޙުސެއިން ކޮބާ މަސްއޮޑި އަށް ދަރާފަ އޮތް ފައިސާ
ެ ެއަހްމަދް ރަސީދު
މިނިސްޓަރ ނަހްލާ މިހާރު ބޭރު ކުރޭ ޓްރާންސްޕޯތަކީ މީނާ ވިހޭ ތަނެއްބާ؟
ޢ ޢަލީ
ތިޔައީ ތިމީސް މީހުންގެ ފެންވަރު.ތިޔަ ކަހަލަ މީސްމީހުނަށް ތިޔަކަހަލަ މަގާމްތައް ދިނީމާ ވާނެގޮތް ތިޔަވަނީ ޒިންމާ އުފުލަން ނޭގުނީމާ ކިތަންމެ ކަމެއް ވާނެ...ތިޔަ އެމްބިލާންސް އިތުރު ގަޑީގައި މުއައްޒަފުން ނެރެގެން ވެސް ނިންމަން ޖެހޭނެ.އެގާބިލުކަން ނެތީ.