މިރޭ ހަނދު ކޭތަ ހިފާތީ، ރާއްޖޭގެ ހުރިހާ ރަށެއްގެ މިސްކިތެއްގައިވެސް ކޭތަ ނަމާދު ކުރުމަށް އިސްލާމިކް މިނިސްޓްރީން އަންގައިފި އެވެ.
މިރޭ ހަނދު ކޭތަ ހިފަން ފަށާނީ ރާއްޖޭ ގަޑިން 11:01 ގަ އެވެ. މިނިސްޓްރީން ބުނެފައިވަނީ ކޭތަ އެންމެ ބޮޑަށް ހިފާފައި ހުންނާނީ މެންދަމުން އަލިވެ 1:14 ގައި ކަމުގައެވެ. ހަނދު ކޭތަ ވީއްލާނެ ކަމަށް ބެލެވެނީ މެންދަމުން އަލިވެ 3:26 ގައެވެ.
އިސްލާމިކް މިނިސްޓްރީން ކައުންސިލަތަކަށް އަންގާފައިވަނީ ކޮންމެ ރަށެގގައިވެސް ހުންނަ އެންމެ ބޮޑު މިސްކިތުގައި ކޭތަ ނަމާދު ކުރުމަށެވެ. ކޭތަ ނަމާދު ކުރަން އަންގާފައިވާ ގަޑިއަކީ މިރޭގެ 1:15 އެވެ
ކޮމެންޓު ފޮނުވާ