މީގެ 12 އަހަރު ކުރިން 2011 ވަނަ އަހަރު ފަހުކޮޅު އުފެއްދި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްއަށް މިއަދު މިވަނީ 12 އަހަރު ފުރިފައެވެ. ޕާޓީ އުފެއްދުމަށް ކުރީގެ ރައީސް މައުމޫނާއި، މިހާރުގެވެސް ޕީޕީއެމްގެ ރައީސް ޔާމީން ކުރެއްވި މަސައްކަތުން ޕާޓީ ވުޖޫދުވެ މިއަދާއި ހަމައަށްވަނީ ބޮޑެތި ކާމިޔާބީތައް ހޯދާފައެވެ. މިއީ ސިޔާސީ ކުރު މުއްދަތެއްގައި އެންމެ ބޮޑެތި ކާމިޔާބީ ހޯދި އެއްޕާޓީވެސް މެއެވެ.
ޕާޓީ އުފައްދައިގެން އެންމެ ފުރަތަމަ ކުރިމަތިވި 2013ގެ ރިޔާސީ އިންތިޚާބު ކާމިޔާބުރީ ރާއްޖޭގެ ތަރައްޤީއަށް ބޮޑު ބަދަލެއް ގެނުވި ޕީޕީއެމްގެ ޓިކެޓްގައި ވާދަކުރެއްވި މިހާރުގެ ޕީޕީއެމްގެ ރައީސް ޔާމީނެވެ. އެއަށްފަހު ކުރިމަތިވި މަޖިލިސް އިންތިޚާބާއި، ކައުންސިލް އިންތިޚާބު ޕީޕީއެމްއިން ވަނީ ކާމީޔާބު ކޮށްފައެވެ. މިއީވެސް ބޮޑު ކާމިޔާބީއެކެވެ.
އެއަށްފަހު 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާއި 2019 ވަނަ އަހަރުގެ މަޖިލިސް އިންތިޚާބު ޕީޕީއެމްއަށް ގެއްލުނެވެ. ސަރުކާރުގެ ނުފޫޒާއި ބާރާއި، އެނޫންވެސް ގިނަ ގޮންޖެހުންތަކާއިއެކު 5 އަހަރު މަގުމަތީގައި ކުރި ބުރަމަސައްކަތަށްފަހު އަނެއްކާވެސް ޕީޕީއެމް/ޕީއެންސީން ވަނީ ވެރިކަމަށް އައިސްފައެވެ. މިފަހަރު އިންތިޚާބުގައި ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުއިއްޒު އިންތިޚާބު ކާމިޔާބު ކުރީ މިހާރުގެ ރައީސް ޞާލިހުގެ މައްޗަށް ބޮޑު ކާމިޔާބެއް ހޯއްދަވައިގެންނެވެ.
އިންތިޚާބު ޑރ. މުއިއްޒު ކާމިޔާބު ކުރެއްވީ ޕީއެންސީގެ ޓިކެޓުގައި ނަމަވެސް ޕީޕީއެމް/ޕީއެންސީއަކީ އެއްކޯލިޝަނެއްގައި އެއް ސިޔާސަތެއްގެ ތެރެއިން އެއް އަމާޒަކަށް މަސައްކަތް ކުރި އެއް ފިކުރެކެވެ. މިއަދު ޕީޕީއެމްގެ 12 ވަނަ އަހަރީ ދުވަސް ފާހަގަ ކުރާއިރު އޮތް ހިތްހަމަ ޖެހުމަކީ ދެވަނަ ފަހަރަށް ވެރިކަމަށް އާދެވުމުގެ ހިތްހަމަ ޖެހުމެވެ.
ނަމަވެސް އޮތް ނުތަނަވަސް ކަމަކީ ޕާޓީގެ ރައީސް ޔާމީން އަދިވެސް މިނިވަން ނުވެ ބަންދުގައި ހުރުމެވެ. އިންތިޚާބީ ރައީސްގެ ވައުދުފުޅާއި އެއްގޮތަށް ރައީސް ޔާމީން ވަނީ ގެޔަށް ބަދަލު ކުރައްވާފައެވެ. ނަމަވެސް ޝަރުއީ މަރުހަލާގައި މައްސަލަ ކުރިއަށް ނުގޮސް ހުއްޓިފައި އޮތުމުން އެމަނިކުފާނަށް އަދި ޖަލުހުކުމް މިނިވަން ނުވެވެއެވެ.
ޕީޕީއެމްގެ ބާރަ ވަނަ އަހަރީ ދުވަސް ފާހަގަކުރާތާ މަދު ދުވަސްތަކެއްގެ ތެރޭގައި ވެރިކަމާއި ޑރ. މުއިއްޒު ހަވާލުވެ އެޕާޓީގެ އުންމީދަކީ ރާއްޖޭގެ ތަރައްޤީއަށް ކުރިއެރުން އަނެއްކާވެސް ބޮޑުތަނުން ބަދަލުކޮށް ދިވެހިންގެ ރާއްޖެ ދިވެހިންނަށް ހޯދުމެވެ.
One Response
ޕީޕީއެމް ވެރިކަމެއްނޫ ޕީއެމްސީގެ ވެރިކަމެއް ހަދާންކޮށްލަދިނީ ނޫސްވެރިޔާ.