ޕޮލިސް ސްޓޭޝަންގައި ދިރިއުޅެމުންދާ އަންހެންމީހާ ފުރުވާލަން މަސައްކަތް ކުރަނީ

ޕޮލިސް ސްޓޭޝަންގައި ދިރިއުޅެމުންދާ އަންހެންމީހާ ފުރުވާލަން މަސައްކަތް ކުރަނީ

ގުޅުންހުރި

މާފަންނު ޕޮލިސް ސްޓޭޝަންގައި ދިރިއުޅެމުންދާ އަންހެން މީހާ ރާއްޖެއިން ފުރުވާލެވޭތޯ މަސައްކަތް ކުރަމުންދާ ކަމުގައި އިމިގްރޭޝަންއިން ބުނެފިއެވެ.

މާފަންނު ޕޮލިސް ސްޓޭޝަންގައި ޗައިނާ އަންހެނަކު ދިރިއުޅެމުންދާތާ 6 ދުވަސް ވެފައިވާއިރު އެކަން އާންމުންގެ ސަމާލުކަމަށް އައިސްފައިވަނީ، މާފަންނު ޕޮލިސް ސްޓޭޝަންގެ ސިޓިން އޭރިޔާގައި ހުންނަ ގޮޑިބަރީގައި ރަޖާ އަޅައިގެން އެ އަންހެންމީހާ ނިދާފައި އޮންނަ މަންޒަރާއި އަދި ޕޮލިސް ސްޓޭޝަންގައި ފޮށި ތަންމަތި ހިފައިގެން އިށީދެ އިންނަ މަންޒަރު ދައްކުވައިދޭ ފޮޓޯ އާންމު ވުމާއި ގުޅިގެންނެވެ.

އަންހެން މީހާ ފޮށިތަންމަތި ހިފައިގެން ޕޮލިސް ސްޓޭޝަންގައި

އަންހެންމީހާ ޕޮލިސް ސްޓޭޝަންގައި ދިއުޅެމުންދިއުމާ ގުޅޭގޮތުން ފުލުހުންގެ ފަރާތުން ވިދާޅުވެފައިވަނި އޭނާއަކީ ފުލުހުންގެ ބެލުމުގެދަށުގައި ހުރި މީގެއް ނޫންކަމުގައެވެ. އަދި ޕޮލިސް ސްޓޭޝަންގައި އޭނާ ދިރިއުޅެމުންދާތީ ތަކުރާރުކޮށް އޭނާއަށް ނަސޭހަތް ދީފައިވާކަމަށްވެސް ފުލުހުން ބުނެފައި ވެއެވެ.

އިމިގްރޭޝަންއިން ބުނެފައިވަނީ މިމަހުގެ 19 ވަނަ ދުވަހު ފުލުހުން އެ އަންހެންމީހާ އިމިގްރޭޝަނާއި ހަވާލުކޮށްފައިވާކަމަށެވެ. އެހެންނަމަވެސް އެގޮތަށް ހަވާލުކުރާ މީހުން ބަހައްޓާނެ ތަންތަން އިމިގްރޭޝަންގައި ނުހުންނާތީ އޭނާ ދޫކޮށްލަން ޖެހުނީކަމުގައެވެ. އަދި ބުނެފައިވަނީ އެ އަންހެންމީހާ ހުންނަނީ އިމިގްރޭޝަންގެ ސާވައިލަންސްގެ ދަށުގައިކަމަށާއި، އޭނަ ކޮންމެ ދުވަހަކުވެސް ވަކި ގަޑިއަކަށް ރިޕޯޓުކުރަންވެސް ޖެހޭނެކަމަށެވެ.

އަންހެން މީހާ ފުލުހުންގެ މުވައްސަސާގައި ދިރިއުޅެމުންދާ ސަބަބެއް އަދި ސާފުވެފައެއް ނުވެއެވެ.

ހިޔާލުފާޅު ކުރައްވާ!

One Response

  1. އޭނަ ފުރަންދެން ރައްކާތެރިކަމާއެކު އަހަރެން ބަލަހައްޓަފާނަން. އަވަހަށް މަށާއި ހަވާލުކުރޭ. 7706167

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ