އިންތިޚާބީ ރައީސް ޑރ. މުއިއްޒު ރައްޔިތުންނާއި ބައްދަލު ކުރެއްވުން.

މަސައްކަތްތެރިންގެ ރައްކާތެރިކަން ކަށަވަރު ކުރަން މުއިއްޒު ގޮވާލައްވައިފި

މަސައްކަތްތެރިންގެ ރައްކާތެރިކަން ކަށަވަރު ކުރަން މުއިއްޒު ގޮވާލައްވައިފި

މަސައްކަތްތެރީންގެ ރައްކާތެރިކަން ކަށަވަރުކޮށް، މުޅި މުޖުތަމައުގެ ހުރިހާ ފަރާތްތަކުން ޒިންމާދާރުކަމާއި ފަރުވާތެރިކަން އިސްކުރުމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފިއެވެ.

މުއިއްޒު އެގޮތަށް ގޮވާލެއްވީ، ހދ. މަކުނުދޫގައި ގޭސް ސިލިންޑަރެއް ގޮވައި ދެ ބިދޭސީއަކު މިއަދު މަރުވެފައި ވަނިކޮށެވެ. އެ ހާދިސާގެ އިތުރުން ހދ. ކުޅުދުއްފުށީ އެއާޕޯޓްގައި އަލިފާން ނިއްވަން ބޭނުން ކުރާ ގޭސް ސިލިންޑަރެއް މިދިޔަ ބުރާސްފަތި ދުވަހު ގޮވުމާ ގުޅިގެން ހަތަރު މީހަކު ޒަހަމްވިއެވެ. އޭގެ ތެރެއިން އެކެއްގެ ހާލު ސީރިއަސްވެގެން އެމީހާ އަށް މިހާރު ފަރުވާ ދެނީ އައިޖީއެމްއެޗް ގައެވެ. އެމީހާ ވަރަށް އަވަހަށް އިންޑިއާ އަށް ފޮނުވާލުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.

މުއިއްޒު ވިދާޅުވީ މަކުނުދޫގައި ހިނގައިދިޔަ ހިތާމަވެރި ހާދިސާގައި ދެ މީހަކު މަރުވި ހަބަރު އެހީ ފުން ހިތާމައާ އެކުގައި ކަމަށެވެ.

މުއިއްޒު ވިދާޅުވީ މި ދެ ހާދިސާ ހިނގުމަށް މެދުވެރިވި ގޮތް ތަހުގީގުކޮށް، މިފަދަ ހިތާމަވެރި ކަންކަން ތަކުރާރު ނުވާނެ ހެން ފިޔަވަޅު އަޅުއްވައި ދެއްވުމަށް ކަމާގުޅޭ މުއައްސަސާތަކަށް ގޮވާލައްވާ ކަމަށެވެ.

"މިހާތަނަށް ލިބިފައިވާ މަޢުލޫމާތަށް ބަލާއިރު، ދެ ހާދިސާވެސް ހިނގާފައިވަނީ މަސައްކަތުގެ މާހައުލުގައިކަމުން، މިފަދައިން މެދުވެރިވާ ހާދިސާތައް މަދުކޮށް މަސައްކަތްތެރީންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް، މުޅި މުޖުތަމައުގެ ހުރިހާ ފަރާތްތަކުން ޒިންމާދާރުކަމާއި ފަރުވާތެރިކަން އިސްކުރުމަށްވެސް ގޮވާލަމެވެ." މުއިއްޒު ވިދާޅުވިއެވެ.

ނިޒާމީ ގޮތެއްގައި މިފަދަ މައްސަލަތަކަށް ހޯދަން ޖެހޭ ހައްލު ހޯދުމަށް ރައްޔިތުންގެ މަޖިލިހަށް ހުށަހަޅާފައިވާ މަސައްކަތުގެ މާހައުލުގެ ސަލާމަތާއި ސިއްހީ ރައްކާތެރިކަމުގެ ބިލްގެ މަސައްކަތް އަވަސްކޮށް ދެއްވުމަށް ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންގެ އަރިހުން އެދިވަޑައިގަންނަވާ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *