އިންތިޚާބީ ރައީސްގެ ފަރާތުން މިނިސްޓްރީ އޮފް ޓްރާންސްޕޯޓަށް ކަނޑައެޅުއްވި ޓްރާންސިޝަން ކޮމިޓީއާއި ޓްރާންސްޕޯޓު މިނިޓަރު އައިޝަތު ނަހުލާ ބައްދަލު ނުކުރެއްވި ކަމަށް "ޚަބަރު އޮންލައިން"އަށް މައުލޫމާތު ލިބިއްޖެއެވެ.
ޓްރާންސްޕޯޓު މިނިސްޓްރީގެ އިސް މުވައްޒަފަކު "ޚަބަރު އޮންލައިން"އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެ މިނިސްޓްރީއަށް ކަނޑައެޅުއްވި ޓްރާންސިޝަން ކޮމިޓީއާއި ބައްދަލު ކުރެއްވުަމށް ނަހުލާ އެންމެ ފުރަމަ ހަމަޖެއްސެވީ މިމަހުގެ 15 ވަނަ ދުވަހަށް ކަމަށެވެ. އެހެންނަމަވެސް ފަހުން މިމަހުގެ 16 ވަނަ ދުވަހުގެ 13:00 އަށް ނަހުލާގެ ބައްދަލުވުން ހަމަޖެއްސި ނަމަވެސް އެ ދުވަހުގެ މީޓިންއަށް ނަހުލާ ވަޑައިގެންފައި ނުވާކަމަށްވެސް އޮފިޝަލް މައުލޫމާތު ދެއްވިއެވެ.
އަދި ފަހުން އާއިލީ ކަންކަމުގައި ބުރަކޮށް އުޅުއްވަންޖެހިފައި ވާކަމަށް ނަހުލާ ވިދާޅުވެފައިވާކަމަށްވެސް "ޚަބަރު އޮންލައިން"އާއި މަޢުލޫމާތު ހިއްސާ ކުރެއްވި އޮފިޝަލް ވިދާޅުވެފައި ވެއެވެ.
އެއަށްފަހު ޓްރާންސިޝަން ކޮމިޓީއާއި އިސްބޭފުޅެއްގެ ގޮތުގައި ޓްރާންސްޕޯޓު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަހުމަދު ޒުހައިރު އެވެ. ޓްރާންސިޝަން ކޮމިޓީއާއި ނަހުލާ ބައްދަލު ކުރައްވާފައި ނުވާކަމަށްް ޓްރާންސިޝަން ކޮމިޓީގެ ބޭފުޅަކުވެސް "ޚަބަރު އޮންލައިން"އަށް މައުލޫމާތު ދެއްވަމުން ވިދާޅުވެފައި ވެއެވެ.
ފާއިތުވި ރިޔާސީ އިންތިޚާބަށްފަހު އިންތިޚާބީ ރައީސް ޑރ. މުއިއްޒު އެކަށައެޅުއްވި ޓްރާންސިޝަނަލް ކޮމިޓީތަކުން ސަރުކާރުގެ އެކި މިނިސްޓްރީތަކަށް ވަޑައިގެން މިނިސްޓްރީތަކުގެ ވަޒީރުންގެ އިތުރުން އެ މުވައްސަސާތަކުގެ އިސް ވެރިންނާއިވެސް ވަނީ ބައްދަލު ކުރައްވާފައެވެ.
ޓްރާންސިޝަނަލް ކޮމިޓީތަކުގެ މަސައްކަތްތައް މިހާރުވަނީ ނިންމާލާފައެވެ.
ކޮމެންޓު ފޮނުވާ