ދެ މީހަކު ދޫކޮށްލިޔަސް، ކާމިޔާބުވަން ދެން ހަނގުރާމަ ކުރާނަން: ނަތަންޔާހޫ

ދެ މީހަކު ދޫކޮށްލިޔަސް، ކާމިޔާބުވަން ދެން ހަނގުރާމަ ކުރާނަން: ނަތަންޔާހޫ

ފަލަސްތީނު ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރަމުން އަންނަ ހަމާސް ޖަމާއަތުން އެމެރިކާގެ ދެ މީހަކު ދޫކޮށްލި ނަމަވެސް އެ ޖަމާއަތާ ދެކޮޅަށް ކުރާ ހަނގުރާމަ ކާމިޔާބު ވަންދެން މަސައްކަތުގައި ދެމިތިބޭނެ ކަމަށް އިސްރާއީލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވެއްޖެއެވެ.

މި މަހުގެ 7 ވަނަ ދުވަހު ހަމާސް ޖަމާއަތުން އިސްރާއީލުން ހިފާފައިވާ ސަރަހައްދުތަކަށް ވަދެ، 250 މީހުން އެމީހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ހަމާސް އިން ބުނެފައިވެއެވެ. އެކަމަކު، އިސްރާއީލުން ބުނެފައި ވަނީ ހަމާސްގެ ބެލުމުގެ ދަށުގައި ތިބީ 200 މީހުން ކަމަށެވެ. ހަމާސް އިން ވަނީ އެމީހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހުންގެ ތެރެއިން އެމެރިކާގެ ދެ ރައްޔިތަކު މިނިވަންކޮށްފައެވެ. ހަމާސް އިން ދޫކޮށްލާފައި ވަނީ މަންމައަކާއި އޭނާގެ ދަރިފުޅެވެ.

ނަމަވެސް ނަތަންޔާހޫ ވިދާޅުވީ އިސްރާއީލުން ފަލަސްތީނުގެ ޣައްޒާ އަށް ހަމަލާ ދިނުމުގައި މަޑުޖައްސާ ނުލާނެ ކަމަށެވެ.

"ރަހީނު ކުރި ދެ މީހުން މިހާރު އެ ތިބީ ގޭގައި. ރަހީނު ކުރި އެންމެން އަދި ގެއްލުނު އެންމެން ހޯދުމަށް ކުރުމަށް ކުރާ މަސައްކަތް ހުއްޓާ ނުލާނަން،" ނަތަންޔާހޫ ބުނެފައިވެއެވެ.

"ހަމަ މި ވަގުތުގައި އަހަރުމެން ކުރާ ހަނގުރާމަ ކާމިޔާބު ވަންދެން ކުރާނަން،"

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންޓަނީ ބްލިންކެން ވަނީ އެމީހުން ދޫކޮށްލުމަށް ތައުރީފު ކުރައްވައި، އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު ހަމާސް ޖަމާއަތުން ދިން ހަމަލާގައި އެމެރިކާގެ ހުރިހާ ރަހީނުންނާއި އެހެނިހެން ހޮސްޓެޖުންވެސް މިނިވަން ކުރުމުގެ "އަވަސް މަސައްކަތް" ކުރިއަށް ގެންދަން ޖެހޭ ކަމަށް ވިދާޅުވެފައެވެ.

އިސްރާއީލުގެ އަސްކަރީ އޮފިޝަލަކު ވިދާޅުވެފައިވަނި ހަމާސްއިން ދޫކޮށްލި މަންމަ އާއި އަންހެން ދަރިފުޅު ދޫކޮށްލީ "އަސްކަރީ ޕްރެޝަރާ" ހެދިކަމަށް ބުނެފައެވެ.

އިސްރާއީލްގެ ހަމަލާތަކުގައި ފަލަސްތީނުން މިހާތަނަށް 4،137 މީހުން ޝަހީދުވެފައިވާ އިރު، އޭގެ ތެރޭގައި 1،661 ކުޑަކުދިން ހިމެނެއެވެ. އަދި 13،260 މީހުން ޒަޚަމްވެފައިވާ ކަމަށް ފަލަސްތީނުން ބުނެފައިވެއެވެ. ހަމާސްގެ ހަމަލާތަކުގައި އިސްރާއީލުން މަރާލާފައި ވަނީ 1،403 މީހުންނެވެ. އަދި 4،932 މީހުން ވަނީ ޒަހަމްކޮށްލައިފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *