އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު މާލޭގެ ކެމްޕެއިން ޓީމުތަކާ މިރޭ ބައްދަލު ކުރައްވާ ގޮތަށް ހަމަޖެހިއްޖެއެވެ.
ޕީޕީއެމް/ޕީއެންސީ/އެމްއެންޕީން ވަނީ އިންތިހާބީ ރައީސް މުއިއްޒުގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި ކެމްޕެއިންގައި ބައިވެރިވި މީހުންނާ ބައްދަލު ކުރުމަށް ބާއްވާ ހަފްލާއަކަށް ދައުވަތު ދީފައެވެ.
އެ ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައި ވަނީ މިރޭ 8:00 ގައި ސޯޝަލް ސެންޓަރުގައެވެ.
މިދިޔަ މަހުގެ 30 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު، ޑރ. މުއިއްޒު 129،159 ވޯޓު (%54) ހޯއްދެވިއެވެ. އަދި އެމްޑީޕީގެ ކެންޑިޑޭޓު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު 109،868 ވޯޓު (%45) ހޯއްދެވިއެވެ.
އިންތިހާބީ ރައީސް މުއިއްޒާއި އިންތިހާބީ ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް ހުވާ ކުރެއްވުމުގެ ކަންކަން ރައްޔިތުންގެ މަޖިލިހުގެ އިދާރާ އިން ދަނީ ކުރަމުންނެވެ. ރައްޔިތުންގެ މަޖިލިހުން ނިންމާފައި އޮތީ އަންނަ މަހުގެ 17 ވަނަ ދުވަހު ޖުމްހޫރީ މައިދާނުގައި ހުވާ ކުރުމުގެ ރަސްމިއްޔާތު ބޭއްވުމަށެވެ.
ކޮމެންޓު ފޮނުވާ