ދަނގެތިން މަހަށް ނިކުމެ އުޅުނު މީހަކު ގެއްލިގެން ހޯދަނީ

ދަނގެތިން މަހަށް ނިކުމެ އުޅުނު މީހަކު ގެއްލިގެން ހޯދަނީ

Author
އައިޝަތު އަޙްމަދު
14 އޮކްޓޯބަރ 2023 02:45
0

އދ.ދަނގެތިން މަހަށް ނިކުމެ އުޅުނު މީހަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

މަހަށް ނިކުމެ އުލެނިކޮށް ގެއްލިގެން ހޯދަމުން އަންނަނީ ޢުމުރުން 60 އަހަރުގެ ފިރިހެނެކެވެ.

އެމްއެންޑީއެފުން ބުނީ، ދަނގެތިން ކުޑަ އިންޖީނު ދޯންޏެއްގައި މަހަށް ނުކުތް މީހަކު ގެއްލިގެން ހޯދަމުންދާ ކަމަށެވެ. އޭނާ ގެއްލިފައިވާކަމުގެ ރިޕޯޓުކޮށްފައި ވަނީ މިއަދު 11:42 ހާއިރު ކަމަށް އެމްއެންޑީއެފުން ބުންނެވެ.

އޭނާ ހޯދުމަށް  މާލޭ އޭރިއާ ކޮމާންޑު، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން އަންނަނީ ހަރަކާތްތެރިވަމުންނެވެ.

މިދުވަސްވަރަކީ އުތުރާއި މެދުރާއްޖެތެރެއަށް ވަރަށް ވިއްސާރަ ކަނޑު ގަދަ ދުވަސްވަރެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.