އިންތިޤާލީ ކޮމެޓީއަށް ފުރިހަމަ އެއްބާރުލުން ދޭނަން: ޝާހިދު

އިންތިޤާލީ ކޮމެޓީއަށް ފުރިހަމަ އެއްބާރުލުން ދޭނަން: ޝާހިދު

Author
މުޙައްމަދު ޝަޒައިމް
11 އޮކްޓޯބަރ 2023 09:14
0

ސަރުކާރު ބަދަލުވުމުގެ މަރުހަލާ އަމާންކަމާއިއެކު ކުރިއަށް ގެންދިއުމަށް ދޭންޖެހޭ ފުރިހަމަ އެއްބާރުލުން ފޮރިން މިނިސްޓްރީގެ ފަރާތުން ލިބިގެންދާނެކަމަށް މިނިސްޓަރ ޝާހިދު ވިދާޅުވެއްޖެއެވެ.

އިންތިޤާލީ ކޮމެޓީތަކުގެ ތެރެއިން ފޮރިން މިނިސްޓްރީއަށް އައްޔަން ކުރައްވާފައިވާ ކޮމެޓީން އިއްޔެ ވަނީ މިނިސްޓްރީއަށް ވަޑައިގެން ފުރަތަމަ ބައްދަލުވުން ކުރިއަށް ގެންގޮސްފައެވެ. މިބައްދަލުވުމުގައި ކޮމެޓީ މެމްބަރުންނަށް މަރުޚަބާ ދެންނެވީ ފޮރިން މިނިސްޓަރ ޝާހިދުއެވެ.

މިބައްދަލުވުމުގައި އިންތިޤާލީ ކޮމެޓީގެ ފަރާތުން ބައިވެރިވެފައިވަނީ ޚާރިޖީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތް ކުރައްވާފައިވާ އެދާއިރާގެ ތަޖުރިބާ ލިބިވަޑައިގެންތިއްބެވި ބޭފުޅުންނެވެ.

އިންތިޤާލީ ކޮމިޓީތަކުގެ ގޮތުގައި ޖުމްލަ 15 ޓީމެއް އެކުލަވާލާފައިވެއެވެ. މީގެތެރެއިން 7 ޓީމަކުން ސަރުކާރު ހިއްސާވާ ކުންފުނިތަކުން މަޢުލޫމާތު އެއްކުރުމަށް ހަމެޖެހިފައިވާއިރު، 8 ޓީމަކުން ސަރުކާރުގެ އެހެނިހެން މުވައްސަސާތަކުން މަޢުލޫމާތު އެއްކުރުމަށް ވަނީ ހަމަޖެހިފައެވެ.

އިންތިޤާލީ މަރުހަލާގެ ކަންކަން ވިލަރެސްކުރުމަށް އެންމެ އިސް ވެރިއެއްގެ ގޮތުގައި ހަމަޖައްސަވާފައިވަނީ ޕީއެންސީގެ ޗެއަރޕާސަން ޢަބްދުއްރަޙީމްއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.