އެމްޑީޕީ ހިންގާނެ ބަޔަކު ނެތިއްޔާ، ބަޔަކު އިމްޕޯޓްކޮށްގެންވެސް ލީޑަރޝިޕް ބަދަލުކުރަންޖެހޭ: ޖާބިރު

އެމްޑީޕީ ހިންގާނެ ބަޔަކު ނެތިއްޔާ، ބަޔަކު އިމްޕޯޓްކޮށްގެންވެސް ލީޑަރޝިޕް ބަދަލުކުރަންޖެހޭ: ޖާބިރު

ގުޅުންހުރި

ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީ ހިންގާނެ ބަޔަކު ނެތް ކަމުގައިވާނަމަ ރާއްޖެއިން ބޭރުން ބަޔަކު އިމްޕޯޓްކޮށްގެންވެސް އެޕާޓީ ހިންގޭނެ މަގު ފަހި ކުރަންޖެހޭ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ އެމްޑީޕީ މެމްބަރު ޖާބިރު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޖާބިރު ވިދާޅުވީ ނިމިދިޔަ އިންތިޚާބު އެއްބުރުން ކާމިޔާބު ކުރާނެ ކަމަށްބުނެ މިހާރު އޮތް ލީޑަރޝިޕުން ދެއްކި ވާހަކަތައް ދިވެހި ރައްޔިތުން ބަލައި ނުގަތް ކަމަށެވެ. މިކަމުން އެގެނީ ޕާޓީގެ ޗެއާޕާސަނާއި ހިންގަން ތިބި އެހެން މީހުން ފެއިލްވެފައިވުން ކަމަށެވެ. އެންމެ ރަނގަޅު ގޮތަކީ އާލީޑަރަޝިޕަކާއިއެކު ޕާޓީ ހިންގޭނެ މަގު ފަހި ކުރުންކަމަށް ޖާބިރު ވިދާޅުވިއެވެ.

ޕާޓީ ހިންގާކަށް ނޭނގިގެންތާ އިންތިޚާބު ފޭލިވީ. އަދިވެސް ހަމަ ހަމަ އެމީހުން މާ ވާންކޮށް ޕާޓީ ހިންގާނީ ތިމަންނަ މެންނޭ. އެއްބުރުން ނަގާނަމޭ. އެކައްޗެކޭ މީއްޗެކޭ. އެއްޗެއް ވޯކެއް ނުކުރާނެ. އެހެންވީމާ ޕާޓީ ހިންގޭ ބަޔަކު ޕާޓީއަށްލާ، އަދި ނެތިއްޔާ ރާއްޖެއިން ބޭރުން އިމްޕޯޓް ކޮށްގެންވެސް އެބަޖެހޭ ޕާޓީ ހިންގަން.

– ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ވަނީ އެމްޑީޕީ ނުހިންގިގެން އުޅެނީ ކުންފުނިތައް މެދުވެރިކޮށް ޕާޓީ ހިންގަން އުޅޭތީކަމަށެވެ. ނަމަވެސް ފެނިގެން ދަނީ ކުންފުނިތަކުން ޢާންމު ރައްޔިތުން ލައްވައި މަސައްކަތް ކޮށް ފައިސާވެސް ނުދީގެން އުޅޭތަން ކަމަށެވެ. މިހާރުވެސް 800 ކުންފުންޏަށް ފައިސާ ނުލިބިގެން ސަލާން ޖަހަމުންދާއިރު މިކަމަށް މިހާރު އޮތް ސަރުކާރުން ޒިންމާދާރުވެ ފައިސާގެ ކަންކަން ހަމަޖައްސަން ޖެހޭކަމަށް ޖާބިރު ވިދާޅުވިއެވެ.

އެމްޑީޕީ ހިންގަނީ ކުންފުނިތަކުގެ މެނޭޖިން ޑައިރެކްޓަރުން. ޤައުމީ މަޖިލީހުގައި ގިނައީ ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރުންނާއި މެނޭޖަރުން. އެހެންވީމާ ސިޔާސީ އައިޑިއަލޮޖީއެއް ނާންނާނެއްނު ޕާޓީ ތެރެއަކަށްވެސް. އެއީ ވަރަށް ބޮޑު މިސްޓޭކެއް. މިރާއްޖޭގެ ކުންފުނިތަކުން ވިޔަފާރިއޭ ކުރަންޖެހޭނީ. ކޮންޓަރުންނަށް ފައިސާ ނުދައްކާ މީހުން ތިބީ ވަރަށް ހާލުގައި. މިކަމަށް ހުށިޔާރުވާންޖެހޭނީ.

– ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ވަނީ އެމްޑީޕީއަށް ކުރިއަށް އޮތް މަޖިލިސް އިންތިޚާބުވެސް ކާމިޔާބު ކުރެވޭނީ ޕާޓީގެ ރައީސާއި، ނައިބް ރައީސްވެސް ހުރެގެން ކަމަށެވެ. ދިގު މުއްދަތަކަށް ޕާޓީގެ ލީޑަރޝިޕެއްނެތި ކުރިއަށްދާނަމަ ދެވޭ މިސްރާބު ނޭގި ފަރަށް އެރުމަކީ އެކަށިގެންވާ ކަމެއްކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ