މާލެއިން ހުޅުމާލެއަށް ދަތުރު ކުރާ ހައިވޭގައި ދުއްވާފައި ދިޔަ އެމްއެންޑީއެފްގެ ކާރެއް ފުރޮޅާލައިފިއެވެ.
އެމްއެންޑީއެފުން ބުނީ ފުރޮޅާލީ ހުޅުލޭގައި ހުންނަ އެމްއެންޑީއެފްގެ މަރުކަޒަށް ދަތުރުކުރަމުން ދިޔަ ކާރެއް ކަމަށެވެ.
އެ ކާރު ފުރޮޅާލީ ވިއްސާރަވުމުގެ ސަބަބުން ކަހާލައިގެން ކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއެވެ. އެ އެކްސިޑެންޓުގައި ފުރޮޅާލި ކާރު އިތުރު އެއްވެސް ވެހިކަލެއްގައި ޖެހިފައެއްނުވެއެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ. އެމްއެންޑީއެފުން އަންނަނީ ފުރޮޅާލި ކާރު ނެގުމުގެ މަސައްކަތް ކުރަމުންނެވެ. އެ މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.