ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރުސީއެމް) ގެ މެމްބަރު ކަމަށް ކުރިމަތިލާން ހުޅުވާލައިފިއެވެ.
ރައީސް އޮފީހުން ކުރި އިއުލާނެއްގައި ބުނީ ކޮމިޝަނުން ހުސްވެފައިވާ މަގާމަށް ކުރިމަތިލާން ހުޅުވާލައި، އަންނަ އާދިއްތަ އަދި ހޯމަ ދުވަހު ފޯމު ބަލައިގަންނާނެ ކަމަށެވެ.
އެޗްއާރުސީއެމް އެކުލެވިގެން ވަނީ ފަސް މެމްބަރުންގެ މައްޗަށެވެ.
އެޗްއާރުސީއެމްގެ މެމްބަރުކަމަށް ކުރިމަތިލާން ހުޅުވައިލީ، އެ ކޮމިޝަންގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި ޑރ. އަހުމަދު އަދުހަމް އަބްދުﷲ މި ފަހުން އިސްތިއުފާ ދެއްވުމުންނެވެ.
އެ ކޮމިޝަންގެ ގާނޫނުގައިވާ ގޮތުން މެމްބަރުކަމުގެ މަގާމު ހުސްވާތާ 60 ދުވަސް ތެރޭގައި މެމްބަރަކު އައްޔަން ކުރަންޖެހެއެވެ.
އެޗްއާރުސީއެމްގައި މި ވަގުތު ތިއްބަވާނީ ކޮމިޝަންގެ ރައީސް މަރިޔަމް މުނާ އާއި މެމްބަރު މުއުމިނާ ވަހީދާއި އާމިނަތު ޝިފާއަތު އަބްދުއްރައްޒާގު އަދި ސަމާއު އަހުމަދު ނަޖީބެވެ.
ކޮމެންޓު ފޮނުވާ