ބަރުލަމާނީ ނިޒާމެއް ގެންނަން ލާހިކެއްނޫން، ވެރިކަން ކުރަން ނޭނގޭ މީހަކަށް ރަސްކަމެއްވެސް ނުކުރެވޭނެ: ރީކޯ މޫސަ

ބަރުލަމާނީ ނިޒާމެއް ގެންނަން ލާހިކެއްނޫން، ވެރިކަން ކުރަން ނޭނގޭ މީހަކަށް ރަސްކަމެއްވެސް ނުކުރެވޭނެ: ރީކޯ މޫސަ

Author
އައިޝަތު އަޙްމަދު
01 އޮކްޓޯބަރ 2023 03:44
0

ބަރުލަމާނީ ނިޒާމް ގެންނަވަން ލާހިކުނޫންކަމަށް އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބު ރައީސް މޫސާ މަނިކު (ރީކޯ) ވިދާޅުވެއްޖެއެވެ. ރައީސް ޞާލިޙްގެ ވަރަށް އަރިސް ބޭފުޅެއްގެ ގޮތުގައި ހުންނެވި މޫސަ ވިދާޅުވީ، ވެރިިކަމުގެ ނިޒާމު ޤާނޫނު އަސާސީގައި ކަނޑައަޅާފައިވާކަަމަށެވެ. ވެރިކަން ކުރަން ނޭނގޭ މީހަކަށް ކޮންމެ ނިޒަމެއް ގެނަޔަކސް ނުކުރެވޭނެކަމަށް މޫސަ ވިދާޅުވިއެވެ.

ހުރިހާދުއްތުރާލެއް ޖެހޭނީ ޤައުމަށް، ބަރުލަމާނީ ނިޒާމާ ދެކޮޅަށް މިހިރީ ލާހިކެއްނޫންގެންނާކަށް

– މޫސާ މަނިކު ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ދުވަސްވަރު ދަ ޑިމޮކްރެޓްސްއިން އެމްޑީޕީއާ ގުޅުމަށް ކުރި ޑިމާންޑަކީ ނިޒާމީވޯޓެއް ނެގުމެވެ. ނަމަވެސް ރައީސް ޞާލިޙް ވަނީ ރިޔާސީ އިންތިޚާބަށްފަހު ނިޒާމީ ވޯޓެއް ނެގިދާނެކަމަށް ވިދާޅުވެފައެވެ.

ނަމަވެސް ރިޔާސީ އިންތިޚާބުން އެމްޑީޕީއާއި ރައީސް ޞާލިޙަށް ލިބިވަޑައިގެންނެވި ނާކާމިޔާބީއާއި ގުޅިގެން ރައީސް ޞާލިޙްގެ ސަޕޯޓަރުން ދަނީ، ނިޒާމީ ފެންނަ ނުފެންނަ ވޯޓެއް ނެގުމާއި ދެކޮޅަށް ވާހަކަ ދައްކަމުންނެވެ. އިންތިޚާބު ރައީސް ޞާލިޙަށް ނާކާމިޔާބުވީ ޑިމޮކްރެޓުންގެ ސަބަބުންކަމަށްވެސް ބައެއް ސަޕޯޓަރުން ދަނީ ތުހުމަތުކުރަމުންނެވެ.

ވެރިކަމުގެ ނިޒާމާއި ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް މަޖިލީހުން ވަނީ ގަރާރެއް ފާސްކޮށްފައެވެ. މިއާއެކު އީސީން ބުނެފައިވަނީ އޮކްޓޫބަރު 29ގައި ނިޒާމީ ވޯޓެއް ނެގުމަށް މަސައްކަތް ކުރަމުން އަންނަކަމަށެވެ. ނަމަވެސް އެކަން ކުރެވޭނީ ރައްޔިތުންގާތު އަހަންވީ ސުވާލު ސާފުވެ، ބަޖެޓު ހަމަޖެހުމުންކަމަށް އީސީން ވަނީ ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

މ މާޒީ
މޫސަކަލޭ ތީ އަންހެނެއް ދަށުގަ އިޅޭ ޕަޕަޓެއް ގެންނާނައް
ަ ަަަަަައާމިނާ
ރީކޯ ކުރިން ބުނީ ނަޝީދުގެ ވެރިކަން ވަައްޓާލީޔޭ. މިހާރު ތިކިޔަނީ ވެރިކަން ކުރަން ނޭގުނީޔޭ . ތާކުންތާކު ޖެހޭވާހަކަ ދައްކަން ދަސް ކޮށް ބަލަ.
ތ ތާޑީ
މާ މޮޅުމީހަކައްވެގެގް އައިސް ބަލާލަ އިބޫ އައްދިންލަޑު .މީދެން ކާކު
ސ ސަމާލުވޭ
ނިޒާމު އޮތީ އެނގި ނިމިފަ! މި ރާއްޖޭގެ ސިޔާސީ ނިޒާމުން މި އަންނި ބޭރު ކޮއްގެން މެނުވީ މިގައުމަށް ހަމަޖެހުމެއް ކުރިއެރުމެއް ނެތެވެ. މިއީ މިގައުމަށް ދިމާވެފަހުރި ބޮޑު ބަލާވެރިކަމެކެވެ.