މިއަދު ބޭއްވުނު ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މާދަމާރޭ ދިިވެހި ރައްޔިތުންނާއި ބައްދަލު ކުރައްވާނެ ވިދާޅުވެއްޖެއެވެ.
އިންތިޚާބުގެ ނަތީޖާ އާއިއެކު މުއިއްޒު ނޫސްވެރިން މެދުވެރިކޮށް ދެއްވި މެސެޖުގައި ވިދާޅުވީ ޤާނުނީ ގޮތުން މާދަމާ ހެދުނު 6 ޖެހުމާއި ހަމައަށް ކެންޑިޑޭޓުން އެއްވެސް ހަރަކާތެއް ހިންގުމަކީ ޤާނޫނީ ގޮތުން މަނާ ކަމެއްކަމަށެވެ. އެހެންކަމުން މިރޭ އުފާ ފާޅުކުރުން ފަސްކޮށް، މާދަމާރޭ ރައްޔިތުންނާއި ބައްދަލުކޮށް އުފާފާޅު ކުރުމުގެ ޚާއްސަ އިވެންޓެއް ބާއްވާނެކަމަށެވެ.
މާދަމާރޭ އުފާފާޅު ކުރުން އޮތީ އާޓްފިޝަލް ބީޗުގައެވެ. މުއިއްޒު ވަނީ ހުރިހާ ބޭފުޅުންވެސް މިވަގުތުގައި ކެތްތެރިކަން އިސްކޮށް ޤައުމުގެ ހަމަޖެހުމަށް އިސްކަން ދެއްވުމަށް ގޮވާލާފައެވެ. އަދި ދިވެހި ރައްޔިތުން ނިންމެވި ނިންމެވުމާއި އެއްގޮތަށް ރައްޔިތުން ޤައުމު އިސްކޮށް އެންމެން އަތު ގުޅާލުމަށް މުއިއްޒު ވަނީ އެދިވަޑައިގެންފައެވެ.
ލިބިގެންދިޔައީ ޤައުމުގެ މުސްތަގުބަލު ބިނާކުރުމަށް ވަރަށް ބޮޑު ހިތްވަރެއް. މިނިވަންކަން ދިފާއު ކުރުމަށް ލިބުނު ހިތްވަރު. މުސްތަގުބަލު އުޖާލާ ކުރަން ބޭނުންވި މިންވަރު މިއެނގުނީ. މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒުއަށް އިންތިޚާބު ކާމިޔާބު ވުމާއި ގުޅިގެން ގިނަ ބަޔަކު ދަނީ މަގުތަކުގައި އުފާ ފާޅު ކުރަމުންނެވެ. ނަމަވެސް އެއްވެސް ހަރަކާތެއްގައި މުއިއްޒު ބައިވެރިވެފައި ނުވެއެެވެ މިހާތަނަށް ވަގުތީ ނަތީޖާ ދައްކާ ގޮތުން މުއިއްޒު އިންތިޚާބު ކާމިޔާބު ކުރައްވާފައިވަނީ 54 އިންސައްތަ ވޯޓުންނެވެ. ރައީސް ޞާލިހަށް ލިބިފައިވަނީ 45 އިންސައްތަ ވޯޓެވެ.
ކޮމެންޓު ފޮނުވާ