ރިޔާސީ އިންތިޚާބުގެ ދެބުރުވެސް ކާމިޔާބު ކުރެއްވި ފުރަތަމަ ބޭފުޅަކަށް ޑރ. މުއިއްޒު!

ރިޔާސީ އިންތިޚާބުގެ ދެބުރުވެސް ކާމިޔާބު ކުރެއްވި ފުރަތަމަ ބޭފުޅަކަށް ޑރ. މުއިއްޒު!

Author
މުޙައްމަދު ޝަޒައިމް
30 ސެޕްޓެމްބަރ 2023 09:32
0

ރިޔާސީ އިންތިޚާބެއްގައި ފުރަތަމަ ފަހަރަށް ދެބުރުވެސް ކާމިޔާބު ކުރެއްވި ބޭފުޅަށް ކުރިއަށް އޮތް ދައުރުގެ އިންތިޚާބީ ރައީސް ޑރ. މުއިއްޒު ވެއްޖެއެވެ.

މަލްޓިޕާޓީ ނިޒާމުގެ ތެރެއިން ރާއްޖޭގައި ރާއްޖޭގައި މިހާތަނަށް ބޭއްވި 4 އިންތިޚާބުގެ ތެރެއިން ތިން އިންތިޚާބެއްގައި ދެބުރަށް ގޮސްފައިވެއެވެ. އިންތިޚާބުގެ ދެވަނަ ބުރަކަށް ދަނީ ފުރަތަމަ ބުރުން އެއްވެސް ކެންޑިޑޭޓަކަށް 50 ޕްލަސް އެއްވޯޓު ނުލިބޭތީއެވެ. ނަމަވެސް މިހާތަނަށް 2008، 2013، 2018 އަދި 2023 ގެ ރިޔާސީ އިންތިޚާބުގައިވެސް ފުރަތަމަ ބުރުން ކުރި ހޯއްދެވި ކެންޑިޑޭޓަށް ދެވަނަ ބުރު ކާމިޔާބު ވެފައި ނުވެއެވެ.

ޑރ. މުއިއްޒު ވެފައިވަނީ ދެބުރުންވެސް ބޮޑު ކާމިޔާބެއް ހޯއްދަވައި އިންތިޚާބު ކާމިޔާބު ކުރެއްވި ފުރަތަމަ ރައީސަށެވެ. މުއިއްޒު އިންތިޚާބު ވުމާއި ގުޅިގެން ގިނަ ބަޔަކު އުފާ ފާޅު ކުރަމުންދާއިރު، މުއިއްޒު ވަނީ ހުރިހާ ރައްޔިތުންނަށް ހަމަހަމަ އަދުލުވެރި ވެރިކަމެއް ކުރައްވާނެ ކަމުގެ ޔަގީންކަން ދިވެހި ރައްޔިތުންނަށް ދެއްވާފައެވެ.

މުޅި ރާއްޖޭގައި ބަހައްޓާފައިވާ 586 ވޯޓު ފޮށީގެ ތެރެއިން މިހާތަނަށް ގުނި 487 ގޮށިން އެ މަނިކުފާނު ވަނީ 100،139 ވޯޓު ހޯއްދަވައިފަ އެވެ. މުއިއްޒާ ވާދަކުރެއްވި، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި މިހާރުގެ ރައީސް އިބްރާހިމް މުހަންމަދު ސޯލިހަށް ލިބިވަޑައިގަތީ 85،356 ވޯޓެވެ. އެއީ، 15،000 ވޯޓުގެ ފަރަގެވެ.

މި އިންތިހާބުގައި ވޯޓު ލުމުގެ ހައްގު ލިބިފައިވާ 282،804 މީހުންގެ ތެރެއިން ވޯޓު ލާފައިވާ ކަމަށް ބެލެވެނީ 85 ވަރަކަށް ޕަސެންޓް މީހުންނެވެ. އޭގެ މާނައަކީ، އެއީ ގާތްގަނޑަކަށް 240،000 މީހުންނެވެ.

މި ނިސްބަތުން ބަލާ ނަމަ، އަދި ވޯޓު ފޮށިތަކުގެ ނަތީޖާތަކުގެ ސަގާފަތް ދައްކާ ގޮތުން މުއިއްޒުގެ މައްޗަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ކުރި ހޯއްދެވުމަކީ ނާދިރު ކަމެކެވެ. ސަބަބަކީ ނުގުނައި ހުރި ވޯޓުގެ 50 ޕަސެންޓް ރައީސް ހޯއްދަވަން ޖެހިވަޑައިގަންނަވާނެތީއެވެ.

މި މަހުގެ 9 ގައި ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުން ވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މައްޗަށް ކުރި ހޯއްދެވީ މުއިއްޒެވެ. ފުރަތަމަ ބުރުގައި މުއިއްޒު 101،635 ވޯޓު ހޯއްދެވިއިރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގަތީ 86،161 ވޯޓެވެ. އެއީ ވެސް 15،474 ވޯޓުގެ ފަރަގެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.