ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުމުގެ ވަގުތު ހަމަވެ ފޮށިތައް ބަންދުކުރަން ފަށައިފިއެވެ.
އިލެކްޝަން ކޮމިޝަނުން އާންމު ކުރި ތާފާސް ހިސާބުތަކުން ދައްކާ ގޮތުން މިއަދު ހަވީރު 04:00 އާ ހަމައަށް 221,496 މީހުން ވޯޓުލި ކަމަށެވެ. އެއީ ވޯޓުލާ ޖުމްލަ އާބާދީގެ ނިސްބަތުން 78.32 އިންސައްތައެވެ. ހަތަރެއް ޖެހުމާ ހަމައަށް ވޯޓުލީ މީހުންގެ ތެރޭގައި ހިމެނެނީ 111،273 އަންހެނުންނާއި، 110,223 ފިރިހެނުންނެވެ. އެ ވަގުތާ ހަމައަށް ވޯޓު ނުލާ މީހުންގެ އަދަދަކީ 61,308 އެވެ.
އީސިން މައުލޫމާތު ދިން ގޮތުގައި އެއްވެސް ފޮށްޓެއްގައި ވޯޓުލުމުގެ ވަގުތު އިތުރުކޮށްފައި ނުވެ އެވެ. ނަމަވެސް, 05:00 ވީއިރު ކިއުގައި ތިބި އެންމެނަށް ވޯޓުލުމުގެ ފުރުސަތު ލިބޭނެއެވެ. މިއަދުގެ ވޯޓުލުން ގިނަ މަރުކަޒުތަކުގައި 8:00 ގައި ފެށި އިރު، ފުރަތަމަ އެއްގަޑިއިރު ތެރޭގައި ވެސް 36،312 މީހުން ވޯޓު ލާފައިވެއެވެ.
ދެވަނަ ބުރުގައި ވޯޓުލުމުގެ ހައްގު ލިބެނީ 282،803 މީހަކަށް ވޯޓު ލުމުގެ ހައްގު ލިބެ އެވެ. މީގެ ތެރޭގައި އަލަށް ވޯޓު ލުމުގެ ފުރުސަތު ލިބޭ 403 ޒުވާނުން ހިމެނެއެވެ.
ފުރަތަމަ ބުރުގައި ބެހެއްޓި 574 ވޯޓު ފޮށީގެ އިތުރަށް މި ބުރުގައި 12 ފޮށި ބަހައްޓާނެ އެވެ. އެއީ އަތޮޅުތަކުގައި 319 ފޮށި، މާލެ ސަރަހައްދުގައި 187 ފޮށި، ރިސޯޓުތަކުގައި 65 ފޮށި، ރާއްޖޭން ބޭރުގައި 9 ފޮށި، ޖަލުތަކުގައި 5 ފޮށި، އަދި، ސިނާއީ ސަރަހައްދެއްގައި ބެހެއްޓޭ ފޮށްޓެކެވެ.
ކޮމެންޓު ފޮނުވާ