މެޑަމް ފަޒުނާ، ފާތުން، އަދި ސާޖިދާ ވޯޓު ލައްވައިފި

މެޑަމް ފަޒުނާ، ފާތުން، އަދި ސާޖިދާ ވޯޓު ލައްވައިފި

Author
މުޙައްމަދު ޝަޒައިމް
30 ސެޕްޓެމްބަރ 2023 10:41
0

ފަސްޓްލޭޑީ މެޑަމް ފަޒުނާއާއި، ރައީސް ޔާމީންގެ އަނބިކަނބަލުން ފާތުމަތު އިބްރާހިމްގެ އިތުރުން ޑރ. މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ ވޯޓު ލައްވައިފިއެވެ.

ރިޔާސީ އިންތިޚާބުގެ ދެވަނަބުރުގައި ރައީސުލްޖުމްހޫރިއްޔާގެ އަބިކަނބަލުން ފަޒްނާ އަހްމަދު ވޯޓް ލައްވާފައިވަނީ މާފަންނު ސޯޝަލް ސެންޓަރުގައި ބަހައްޓާފައިވާ ވޯޓު ފޮއްޓަކަށެވެ. ޕީ.އެން.ސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވޯޓު ލައްވައިފި. އެކަމަނާ ވޯޓު ލައްވާފައިވަނީ އަޙްމަދިއްޔާ އިންޓަަރނޭޝަނަލް ސްކޫލުގައި ބަހައްޓާފައިވާ ވޯޓު ފޮށްޓަކަށް.

މެޑަމް ފާތުން ވޯޓު ލެއްވީ މަޖީދިއްޔާ ސްކޫލުގައި ބަހައްޓާފައިވާ ވޯޓު ފޮއްޓަކަށެވެ. ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުން 9 ޖެހުމާއި ހަމަމައަށް 36000 އަށްވުރެ ގިނަ މީހުން ވޯޓުލައިފި. މިއީ ވޯޓު ލުމުގެ ޙައްޤު ލިބިފައިވާ މީހުންގެ %12.84 މީހުންނެވެ.

ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުން އެންމެ ގިނަ ވޯޓު ހޯއްދަވައިގެން ދެވަނަ ބުރުގައި ވާދަކުރައްވަނީ ޕީ.އެން.ސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒާއި، އެމް.ޑީ.ޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ.

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ޖުމްލަ 282،804 މީހަކަށް ވޯޓުލުމުގެ ހައްޤު ވަނީ ލިބިފައެވެ. މީގެ ތެރޭގައި 18 އަހަރު ފުރި ވޯޓުލުމުގެ ފުރުޞަތު އަލަށް ލިބޭ 409 މީހަކު ހިމެނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.