ޤައުމުގެ ވެރިޔަކު އިންތިޚާބު ކުރުމަށް ވޯޓު ލުމަކީ ސިޔާސީ ކަމަކަށް ނުހައްދަވާ ޤައުމާއި ދީނުމުގެ ހައްގުގައި ދެވޭ ވޯޓަކަށް ހެއްދެވުމަށް ދީނީ އިލްމުވެރިޔާ ޝައިޚު ޢަލީ ޒާހިރު ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ ގިނަ ދީނީ އިލްމެރިންގެ ތާއީދު މިފަހަރުގެ ރިޔާސީ އިންތިޚާބުގައި އޮތީ ޑރ. މުއިއްޒުއަށެވެ. ދީނީ އިލްމުވެރިންގެ ތެރެއިން 100 އަށްވުރެ ގިނަ އިލްމުވެރިން ވަނީ ޑރ. މުއިއްޒަށް ތާއީދު ކުރާކަން ހާމަ ކުރައްވާފައެވެ.
ޝައިޚު ޢަލީ ޒާހިރު ވިދާޅުވީ ޤައުމުގެ ވެރިޔަކު އިންތިޚާބު ކުރުމަށް ލިބޭ ފުރުސަތަކީ އެއްވެސް ހާލެއްގައި ސިޔާސީ ކަމަކަށް ހެދުމަށް ވުރެ ދީނީ އަދި ޤައުމީ މަސްލަހަތު އޮތް ކަމެއްކަމަށް ދެކެން ޖެހޭ ކަމަށެވެ. ރާއްޖޭގެ ދީނީ އިލްމުވެރިގެ ބޮޑު އިންސައްތައެއް ވަކި އަތަކަށް ބުރަވެފައިވަނީ ޤައުމާއި ދީނުގެ ހައްގުގައި ހުރި ކަންކަމަށް ރިޢާޔަތް ކުރުމަށް ފަހުކަމަށް ޢަލީ ޒާހިރު ވިދާޅުވިއެވެ.
ޤައުމުގެ ވެރިޔަކު އިންތިޚާބު ކުރުމަށް ވޯޓު ލުމަކީ ސިޔާސީ ކަމަކަށް ނުހައްދަވާށެވެ. ދީނާއި ޤައުމުގެ މަސްލަހަތު މިކަމުގައި ހިމެނިފައިވެއެވެ. ބޮޑު ތަފާތަކުން ދީނީ ގިނަ އިލްމުވެރިން ވަކި އަތަކަށް ބުރަވެފަ ވަނީ އެކަމުގެ ވަށައިގެން ހުރި ކަންކަމަށް ވަރަށް ބޮޑަށް ވިސްނާފައިކަން ޔަގީންވެއެވެ.
– ޝައިޚު ޢަލީ ޒާހިރު ވިދާޅުވިއެވެ.
މާދަމާގެ ވޯޓުގައި ދީނީ އިލްމުވެރިންގެ އިލްތިމާސަކީ ޑރ. މުއިއްޒަށް ދިވެހި ހުރިހާ ރައްޔިތުން ވޯޓު ދެއްވައި ޑރ. މުއިއްޒު އިންތިޚާބު ކޮށްދެއްވުމެވެ. ޑރ. މުއިއްޒުވަނީ ރާއްޖޭގެ އިސްލާމީ ވަހުދަތާއި ދިވެހިންގެ މިނިވަކަން ކަށަވަރު ކޮށްދެއްވާނެ ކަމުގެ ޔަގީންކަން ދިވެހި ރައްޔިތުންނަށް ދެއްވާފައެވެ.