އަދާލަތު ޕާޓީގެ އައްޑޫ މީދޫ ދާއިރާގެ ރައީސްގެ ތާޢީދު ޑރ.މުޢިއްޒަށް

އަދާލަތު ޕާޓީގެ އައްޑޫ މީދޫ ދާއިރާގެ ރައީސްގެ ތާޢީދު ޑރ.މުޢިއްޒަށް

Author
އައިޝަތު އަޙްމަދު
27 ސެޕްޓެމްބަރ 2023 06:46
0

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެ، އައްޑޫ މީދޫ ދާއިރާގެ ރައީސް ޝައިޚް ޝަރަފުއްދީން އަބޫބަކުރު، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒަށް ތާޢީދު ކުރެއްވުމަށް ނިންމަވައިފިއެވެ. އަދާލަތު ޕާޓީން ވަނީ ކުރިއަށް އޮތް ދައުރަށްވެސް ރައީސް ޞާލިޙާއެކު ކޯލިޝަން ދަމަހައްޓާފައެވެ.

ޝަރަފުއްދީނާއެކު އައްޑޫ މީދޫގެ އަދާލަތު ޕާޓީގެ ގިނަ ބަޔަކުވެސް ވަނީ އެޕާޓިން ކެނޑި ޕީޕީއެމާއި ގުޅިފައެވެ.

އަދާލަތު ޕާޓިގެ އެކި ގޮފިތަކުގެ ރައީސުންނާއި އިސް ބޭފުޅުންގެ އިތުރުން އާންމުންވެސް އަންނަނީ ޑރ.މުއިއްޒަށް ތާޢީދުކުރައްވާކަން ހާމަކުރަމުންނެވެ.  އަދާލަތު ޕާޓީގެ ހުޅުމާލޭ ގޮފީގެ މެޖޯރިޓީ މެންބަރުންވެސްމިއަދު ވަނީ ޕީޕީއެމާއި ގުޅިފައެވެ.

ރައީސް ޞާލިޙާއެކު އަންނަ ދައުރަށް ކޯލިޝަން ހެދީ އަދާލަތުގެ އިތުރުން އެމްޑީއޭއެވެ. އެމްޑީއޭއިން ރައީސް ޞާލިޙްގެ ކެމްޕެއިންގައި އުޅުމަށްފަހު ވަނީ ކޯލިޝަން އެއްބަސްވުން އުވާލައި ޑރ.މުޢިއްޒަށް ތާޢީދުކުރުމަށް ނިންމާފައެވެ.

ނަމަވެސް އަދާލަތު ޕާޓިގެ ރައީސް ޝައިޚް ޢިމްރާން ވަނީ ރައީސް ޞާލިޙާއެކު ދެމިހުންނަވާނެކަމަށް ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ޢ ޢަހުމަދު
މިފޮޓޯގައި ފެންނަނީ ޝައިޚެއްތޯ. ޢަދާލަތަކީ ވަރަށް ވަރުގަދަ ޕާޓީއެއް.އެހެންވެތާ އެޕާޓީގެ މީހުުން ކަމަށް ފާޑުފާޑުގެ މީޙުންގެ ފޮޓޯޖަހާ ނުބައި މައުލޫމާތު ހިމަނަނީ. މިވަރު ތަންކޯޅެއް ބޯޑެއްނު.