ރައީސް އިބްރާހީމް މުޙައްމަދު ޞާލިހާއެކު ހެއްދެވި ކޯލިޝަނުން ވަކިވި އެމްޑީއޭގެ ނިންމުން ރަނގަޅުކަމާއި، އެ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެ ރައީސް ޝައިޚް ޢިމްރާން ޢަބްދުﷲވެސް ޑރ.މުޢިއްޒާއި ގުޅިވަޑައިގަތުމަށް ބޭނުންފުޅުވެގެން އުޅުއްވާކަން އެނގިވަޑައިގަންނަވާކަމަށް މަހިބަދޫ ދާއިރާގެ މެންބަރު އަޙްމަދު ޠާރިޤް ވިދާޅުވެއްޖެއެވެ. ކުރިއަށް އޮތް ރިޔާސީ ދައުރަށް އެމްޑީޕީއާއެކު ކޯލިޝަން ހަދައިގެން ކެމްޕެއިންކުރަމުން ދިޔަ އެމްޑީއޭ، އެ ކޯލިޝަނުން ވަކިވެ ޑރ.މުޙައްމަދު މުޢިއްޒަށް ތާޢިދުކުރަން ނިންމާފައިވަނީ ރޭ އެޕާޓީގެ ކައުންސިލުްނ ބޭއްވި ކުއްލި ބައްދަލުވުމެއްގައެވެ.
އެމްޑިއޭ އެމްޑީޕީއާއެކު ކުރަމުން އައި މަސައްކަތްތަކަށް ނިމުން ގެނައުމާއި ގުޅިގެން ޠާރިޤް ވިދާޅުވީ، އެމްޑީއޭއަށް ރަނގަޅަށް ވިސްނޭކަމަށެވެ. އަދި އަދާލަތު ޕާޓީގެ ރައީސް ޝެއިޚް އިމްރާން ޢަބްދުﷲވެސް، ޑރ.މުއިއްޒާ ގުޅުއްވަން އުޅުއްވާ ޚަބަރުތައް އަންނަނީ ލިބެމުންކަމަށް ޠާރިޤް ވިދާޅުވިއެވެ.
– އަޙްމަދު ޠާރިޤް ވިދާޅުވިއެވެ.
ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި އެމްޑީޕީގެ ރިިޔާސީ ކެންޑިޑޭޓް ރައީސް ޞާލިހާއިއެކު ބައިއަތު ހިފާފައިވާ އެމްޑީއޭއިން ދެވަނަ ބުރުގައި ރައީސް ޞާލިހާއިއެކު ހަދާފައިވާ އެއްބަސްވުން އުވާލައި ކޯލިޝަނުން ރޭ ވަނީ ވަކިވެފައެވެ.
އެމްޑީއޭގެ މިނިންމުމާއިއެކު ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ރައީސް ޞާލިހާއިއެކު ކޯލިޝަންގައި މަސައްކަތް ކުރާނީ އަދާލަތު ޕާޓީން އެކަންޏެވެ. ދެވަނަ ބުރުގެ ކެމްޕޭންގައި އެމްޑީއޭގެ ލީޑަރު އެއްވެސް ވަރަކަށް ނުފެންނަ އިރު، އެމްޑީއޭއިން މާބޮޑަކަށް ދެވަނަ ބުރުގެ ކެމްޕޭންގައި ޝާމިލްވާތަންވެސް ފެނިފައި ނުވެއެވެ.
ރިޔާސީ އިންތިޚާބުގެ ދެވަނަބުރުގައި ޕީޕީއެމް/ޕީއެންސީއާއިއެކު ކޯލިޝަން ހަދާފައިވަނީ އެމްއެންޕީންނެވެ. ނަމަވެސް އެހެން ގިނަ ޕާޓީތަކުގެ އިސްބޭފުޅުންނާއި އާންމު މެމްބަރުން ދަނީ މުއިއްޒަށް ތާއީދުކުރާކަން ހާމަ ކުރަމުންނެވެ. އެގޮތުން ޑިމޮކްރެޓްސްގެ ބޭފުޅުންނާއި ޖުމްހޫރީ ޕާޓީ އަދި އެމްއާރުއެމްގެ ގިނަ ބޭފުޅުންވެސް ދަނީ މުއިއްޒަށް ތާއީދު ކުރަމުންނެވެ.