ވިލިނގިލީގެ އެމްޑީޕީ ރުޅާލާއި އެގްރޯނެޓުގެ ކުރީގެ އެމްޑީއާއި، އެމްޑީޕީގެ އެތައް ސަތޭކަ ބަޔަކު ޕީޕީއެމަށް

ވިލިނގިލީގެ އެމްޑީޕީ ރުޅާލާއި އެގްރޯނެޓުގެ ކުރީގެ އެމްޑީއާއި، އެމްޑީޕީގެ އެތައް ސަތޭކަ ބަޔަކު ޕީޕީއެމަށް

ގުޅުންހުރި

މިސަރުކާރުގެ އެގްރޯ ނެޓުގެ މެނޭޖިންގ ޑިރެކްޓަރުކަން އަދާކުރެއްވި ހާރޫން ރަޝީދާއި، އެތައް ސަތޭކަ ބަޔަކު ގއ.ވިލިނގިލިން ޕީޕީއެމާއި ގުޅިއްޖެއެވެ.

ޕީއެންސީ/ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒު ވިލިނގިއްޔަށް ކުރައްވާ ކެމްޕެއިން ދަތުރުފުޅުގެ ތެރެއިން މިހާރު ކުރިއަށްދާ ޖަލްސާގައި ވަނީ މިސަރުކާރުގެ އިސް މަޤާމުތަކާއި، ކުންފުނިތަކުގެ ވަޒީފާއި ތިއްބެވި އެތައް ބަޔަކާއި، އެތައް ޒުވާނުންނެއް ޕީޕީއެމާއި ގުޅިފައެވެ.

ޕީޕީއެމާއި ގުޅިވަޑައިގެންނެވި ބޭފުޅުންގެތެރޭގައި މިސަރުކާރުން އުފެއްދި އެގްރޯނެޓުގެ ފުރަތަމަ މެނޭޖިންގ ޑިރެކްޓަރ ހާރުން ރަޝީދު ހިމެނިވަޑައިގަންނަވައެވެ. ހާރޫން ޕީޕީއެމާއި ގުޅިވަޑައިގަތީ އިތުރު 100 ފޯމާއެކުއެވެ.

މީގެ އިތުރުން ގއ.ވިލިނގިލީގެ ހޮސްޕިޓަލުގެ މެނޭޖިންގ ޑިރެކްޓަރުކަން އަދާކުރެއްވި، އަދު މިސަރުކާރުގެ ޖެންޑަރ މިނިސްޓްރީގެ ސީނިއަރ އެގްޒެކްޓިވް އައިމަން ރަޝީދާއި، ވިލިނގިލި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު ރިފާޢަތު ރަޝީދާއި، ފެނަކަ ވަޒީފާގައި އެތައް އަހަރަކު އަދި އެމްޑީޕީ އުފެދުނީއްސުރެ އެޕާޓީގައި މަސައްކަތްކުރެއްވި އެތައް ބަޔަކު ވަނީ ޕީޕީއެމާއި ގުޅިފައެވެ. އަދި ކޫޢްޑޫ މަސް ކުންފުންޏާއި، އެއރޕޯޓްގައި މަސައްކަތްކުރައްވާ އެތައް ބަޔަކާއި، ރިސޯޓްތަކުގައި މަސައްކަތްކުރައްވާ އެތައް ޒުވާނުންނާއި، އެރަށުގެ އެހެން ބައެއް ޒުވާނުންވެސް ވަނީ ޕީޕީއެމާއި ގުޅިފައެވެ.

ވިލިނގިލިން އެތައް ސަތޭކަ ބަޔަކު ޕީޕީއެމާއި ގުޅުނުް ފޯމުތަކާއި ހަވާލުވެވަޑައިގަތީ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން ހިންގެވުމާ ހުންނެވި ޢަބްދުއްރަޙީމް ޢަބްދުﷲއާއި، ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒެވެ.

ވަރަށް ޖޯޝައި ފޯރީގައި ކުރިއަށް ދިޔަ މި ޖަލްސާގައި އެރަށުގެ ރައްޔިތުން ބުނަމުންދިޔައީ، އެރަށޫގެ އެމްޑީޕީ ރުޅާލާއި، ފުނޑުފުނޑުކޮށްލެވިއްޖެކަމަށެވެ. އަދި އެރަށުން ސުޕަ މެޖޯރިޓީ ޑރ.މުޙައްމަދު މުޢިއްޒު ނަގާނެކަމަށްވެސް އެރަށުގެ ޒުވާނުންނާއި ރައްޔިތުން ބުންޏެވެ.

ޑރ.މުޢިއްޒު މިއަދު ވިލިނގިއްޔަށް ވަޑައގަތުމުން ވަނީ ވަރަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ