މުއިއްޒު ކުރައްވާނީ ތާރީހުގައި ދެކޭނެ އެންމެ އަދުލުވެރި، އިންސާފުވެރި ވެރިކަން: ޑރ. ޝަހީމް

މުއިއްޒު ކުރައްވާނީ ތާރީހުގައި ދެކޭނެ އެންމެ އަދުލުވެރި، އިންސާފުވެރި ވެރިކަން: ޑރ. ޝަހީމް

Author
މުޙައްމަދު ޝަޒައިމް
25 ސެޕްޓެމްބަރ 2023 11:28
0

ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު އުފެދިގެންދާ ޕީޕީއެމް/ޕީއެންސީގެ ޑރ. މުއިއްޒުގެ ވެރިކަމަކީ ތާރީހުގައި ދެކޭނެ އެންމެ އަދުލުވެރި އިންސާވެރި ވެރިކަމަށް ވެގެންދާނެ ކަމުގެ ޔަގީންކަން އޮތް އޮތްކަމުގައި ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް ޢަލީ ސައީދު ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި މިރޭ ހައްދުން މަތީ ގައުމުގައި އެތައް ސަތޭކަ ބަޔަކާއިއެކު ބޭއްވި ބޮޑު ޖަލްސާގައިި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ ލ. ެއަތޮޅަކީ މިޤައުމުގެ މިނިވަންކަމާއި ސިޔާދަތު ދަމަހައްޓާނެ އަތޮޅެއް ކަމާއިމެދު ޝައްކު ނުކުރައްވާ ކަމަށެވެ. ފުރަތަމަ ބުރުގައިވެސް ވަނީ އެނަތީޖާ ދައްކާފައި ކަމަށާއި، ދެވަނަ ބުރުގައިވެސް އެނަތީޖާ މާބޮޑުކޮށް ލ. އަތޮޅުން ނެރޭނެ ކަމުގެ ޔަގީންކަން އޮތްކަމަށް ޝަހީމް ވިދާޅުވިއެވެ.

މި ގައުމު ސަލާމާތް ކުރުމަށްޓަކައި ލ. އަތޮޅުން ދޭ ހިއްސާއަކީ އަންނަ އިދިކޮޅުގެ ސަރުކާރަކުން ހަނދާން ނައްތާލާނެ ހިއްސާއެއް ނޫން. ކިހިނެތްތޯ ލ. އަތޮޅު ބާކީވެގެންދާނީ. މި ހަރަކާތުގެ ޒައާންމަތު އޮތީ ތިޔަ ބޭފުޅުންގެ އަތްމަތީގަ.

– ޝަހީމް ވިދާޅުވިއެވެ.

ޝަހީމް ވިދާޅުވީ ބޭނުންވަނީ މި ގައުމުގެ ދައުލަތުގެ ޒައާމަތުގައި ޒަމާނީ ތައުލީމް ލިބިވަޑައިގެންފައިވާ ބޭފުޅަކު ހުންނެވުމަށް ކަމަށާއި އެ ބޭފުޅަކީ މުއިއްޒު ކަމަށެވެ.

މިހާރު މުއިއްޒާއި ދެކޮޅަށް ކުރިއަށް ގެންދާ އެންޓި ކެމްޕެއިންގައި ދައްކަނީ އަނިޔާގެ ވާހަކަކަން ފާހަގަކުރައްވަމުން ޝަހީމް ވިދާޅުވީ މުއިއްޒަކީ އެއްވެސް ބޭފުޅަކަށް އަނިޔާއެއް ދެއްވާނެ ބޭފުޅެއް ނޫން ކަމަށެވެ. އެ ބޭފުޅާއަކީ އިސްލާމީ ތަރުބިއްޔަތު ލިބިވަޑައިގެން ތައުލީމީ އާއިލާއެއްގެ ތެރެއިން ނިކުމެ ވަޑައިގެންފައިވާ ބޭފުޅެއް ކަމަށްވެސް ވިދާޅުވިއެވެ. އެހެންކަމުން މުއިއްޒު އެއްވެސް ބޭފުޅަކަށް އަނިޔާވެރިވާތީ ކިހިނެއްތޯ ސުވާލު ކުރެއްވިއެވެ.

އަދި މުއިއްޒުގެ ވެރިކަން ވެގެންދާނީ ރާއްޖޭގެ ތާރީހު ދެކޭނެ އެންމެ އަދުލުވެރި އެންމެ އިންސާފުވެރި ވެރިކަން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ޝ ޝާމް
މިހާރު ޝަޙީމުއަށް ކުރިން ވާނެ ކަންތައްވެސް އިނގޭތޯ....
އ އަހުމަދު
ޝަހީމުމެން ދައްކާ ވާހަކަ ގަބޫލު ކުރާނެ ބަޔަކު މިހާރު މި ގައުމަކު ނޫޅޭ! މުއީޒަށް ވެރިކަން ލިބިއްޖެނަމަ ޝަހީމަށް ދޭން ރަނގަޅުވާނީ އަންހެނުންނާ ބެހޭ މިނިސްޓްރީގެ މިނިސްޓަރުކަން .
ބ ބޮޑުބެ
އެހެންވެތާ މިހާރުވެސް ތިގޮވަނީ މުޅިދުނިޔެ ނުދެކޭފަދަ ޕްރޮފްސަނަލް ވަގަކު ސަލާމަތް ކުރާ ނަމޭ ޤަވްމެއްގެ ބޭތުލް މާ ލު ފެންފޮދަކާ ނުލާ ތޮފަޅައަކަށް އަޅާލި މީހަކީ ކުށެއްނެއް މަވްސޫމެކޯ ތިގޮވަނީ ހާދަ ފަށްކަލޭދޯ؟ އެހެންވީމަޢަދުލުވެރިވާ ނެތާ؟