ނިޒާމީ ވޯޓުގެ ސުވާލު އޮންނަން ޖެހޭނެ ގޮތް މަޖިލީހުން މާދަމާ ނިންމަނީ

ނިޒާމީ ވޯޓުގެ ސުވާލު އޮންނަން ޖެހޭނެ ގޮތް މަޖިލީހުން މާދަމާ ނިންމަނީ

ރައްޔިތުންގެ ހިލާޔު ހޯދުމުގެ ވޯޓެއް ނެގުމަށް ރައްޔިތުންގެ މަޖިލީހުން އަންގާފައިވާ އެންގުމާ އެއްގޮތަށް އަންނަ މަހުގެ 29 ވަނަ ދުވަހު އިންތިހާބު ބާއްވަން އިލެކްޝަނުން ނިންމާފައިވާ ނިންމުމާއި އެއްގޮތަށް ނިޒާމަށް އާއްމުންގެ ހިޔާލު ހޯދުމުގެ ވޯޓުގައި ބޭނުންކުރާނެ ވޯޓު ކަރުދާހުގައި އޮންނާނެ އިބާރާތް ކަނޑައެޅުމުގެ މަސައްކަތް މާދަމާ މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވަނީ ނިޒާމީ ވޯޓާ ގުޅިގެން މަޖިލީހުން ކުރަމުން އަންނަ މަސައްކަތްތަކުގެ މައުލޫމާތު ދެއްވާފައެވެ. ރައީސް ނަޝީދު ވިދާޅުވީ ނިޒާމީ ވޯޓު ނެގުމުގެ މަސައްކަތްތައް މިހާރު މަޖިލީހުން ފަށާފައިވާ ކަމަށެވެ.

އެގޮތުން ދައުލަތުގެ ބާރުތަކާ އެކު އެކަމާ ގުޅޭ މަޝްވަރާތައް ކުރަމުންދާކަމަށެވެ. ހަމަ މިއާއިއެކު ރާއްޖޭގައި އޮންނަން ފެންނަ ވެރިކަމުގެ ނިޒާމާ ބެހޭ ކަރުދާހެއް ފާސްކުރުމުގެ މަސައްކަތް ވެސް ކުރާނެ ކަމަށެވެ. މީގެ އިތުރުން، މަޖިލީހުގެ މާދާމާގެ ޖަލްސާގައި، ނިޒާމީ ވޯޓުގައި ބޭނުންކުރާނެ ވޯޓު ކަރުދާހުގައި އޮންނަން ޖެހޭ އިބާރާތް ކަނޑައެޅުމުގެ މަސައްކަތް ވެސް ހުށަހަޅުއްވާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.

އިރާދަކުރެއްވިޔާ މާދަމާ އަޅުގަނޑު ހުށަހަޅާނަން ވޯޓު ކަރުދާސްކޮޅުގައި ލިޔެފައި އޮންނަ އިބާރާތްކޮޅު. އެހެންވީމަ، މާދަމާގެ މަޖިލީހަށް މިދެންނެވި ދެ މަސައްކަތް ހުށަހެޅިގެންދާނެ.

– ރައީސް ނަޝީދު ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ނަތީޖާ ކޮންމެ ގޮތަކަށް ނުކުތްނަމަވެސް ނިޒާމީ ވޯޓްގެ ކަންކަން ކުރިއަށްގެންދަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙު ވަނީ ވިދާޅުވެފައެވެ.

އަންނަ އޮކްޓޫބަރު މަހުގެ 30ވަނަ ދުވަހުގެ ކުރިން ނިޒާމީ ވޯޓެއް ނެގުމަށް ރައްޔިތުންގެ މަޖިލީހުން ޤަރާރެއް ފާސްކޮށް، އިލެކްޝަންސް ކޮމިޝަނަށް ވަނީ ހުށައަޅުއްވާފައެވެ. ނަމަވެސް ނިޒާމީ ވޯޓާއި ގުޅޭގޮތުން ރައްޔިތުން ގާތު އަހަންވީ ސުވާލު ސާފުނުވާތީއާއި، ބަޖެޓު ހަމަޖެހިފައިނުވާތީއާއި، އެނޫންވެސް ޤާނޫނީ ބައެއް ސުވާލު ހުރިކަމަށްބުނެ އިލެކްޝަންސް ކޮމިޝަނުން ވަނީ އެކަންކަން ސާފުކޮށްދިނުމަށް މަޖިލީހުގައި އެދިވަޑައިގެންފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *