10 ދުވަހުގެ ތެރެގައި ޑރ.މުޢިއްޒު 50އަށްވުރެ ގިނަ ރަށަށް ވަޑައިގެންފި

10 ދުވަހުގެ ތެރެގައި ޑރ.މުޢިއްޒު 50އަށްވުރެ ގިނަ ރަށަށް ވަޑައިގެންފި

Author
އައިޝަތު އަޙްމަދު
23 ސެޕްޓެމްބަރ 2023 04:23
0

ރިޔާސީބއިންތިޚާބުގެ ދެވަނަ ބުރަށް ކުރައްވާ ކެމްޕެއިންގެ ތެރެއިން 10 ދުވަހުގެ ތެރޭގައި 50އަށްވުރެ ގިނަ ރަށަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުޢިއްޒު ވަޑައިގެންފިއެވެ.

މުއިއްޒު އެންމެ ފަހުން ވަޑައިގަތީ ނ، ރ، ބ، ޅ އަދި ކުޅުދުއްފުއްޓަށް ވަނީ ވަޑައިގެންފައެވެ. ކުރިއަށް އޮތް ދެދުވަހު މާލޭގައި މަޑުކުރެއްވުމަށްފަހު ދެން އެމަނިކުފާނު ވަޑައިގަންނަވާނީ ދެކުނުގެ އަތޮޅުތަކަށް ކަމަށް ޑރ.މުއިއްޒުގެ ކެމްޕެއިން ތަރުޖަމާން މުޙައްމަދު ޠަލާލް ވިދާޅުވިއެވެ. އެގޮތުން ލ.ގަމާއި، ގއ.ވިލިނގިލި، ގދ.ތިނަދޫ އަދި އައްޑޫ ސިޓީއާއި ފުވައްމުލައް ސިޓީއަށް ވަޑައިގަތުމަަށް ވަނީ ހަމަޖެހިފައިކަމަށް ޠަލާލް ވިދާޅުވިއެވެ.

މުޢިއްޒު ދެވަނަ ބުރަށް ކެމްޕެއިން ދަތުރުތަށް ފެއްޓެވީ މިމަހުގެ 13ގައެވެ.

މިވީ 10 ވަރަކަށް ދުވަހުގެ ތެރޭގައި 50އަށް ވުރެ ގިނަ ރަށަށް އެމަނިކުފާނު ވަޑައިގެންފި މާލޭގައިވެސް ކެމްޕެއިން ހަރަކާތްތައް ހިންގަވަމުން. އެމަނިކުފާނު އަރިހުގަ މިއަދު އަޅުގަނޑުމެން 11 ރަށަށޭ ނުވަތަ 12 ރަށަށޭ ދަންނަވައިފިނަމަ އެ 12 ރަށަށް އެބަ އަރާވަޑައިގަންނަވާ. ވަގުތު ތަންދޭން ޖެހެނީ އިނގޭތޯ.

– ޠަލާލް ވިދާޅުވިއެވެ.

ދިވެހި ރައްޔިތުންނަށް ޚިދުމަތްކުރެއްވުމުގައި އެ ގާބިލްކަމާއި، އެ ޝަހުސިއްޔަތު ދައްކަވަމުން ގެންދަވާކަމަށް ޠަލާލް ވިދާޅުވިއެވެ.

ޠަލާލް ވިދާޅުވީ އިދިކޮޅުގެ މާބޮޑު ހަރަކާތެއް ނުފެންނަކަމަށާއި، ދިވެހިންގެ ރާއްޖެ އަނބުރާ ހޯދޭނީ މުއއިްޒަށަކަމަށް ޠަލާލް ވިދާޅުވިއެވެ.
ބޭރުގައުމަކަށް ބަރޯސާނުވެ މިނިވަން ގައުމެއްގެ ގޮތުގައި އެމަނިކުފާނު ހޯއްދަވައިދެއްވާނެކަމަށްވެސް ޠަލާލް ވިދާޅުވިއެވެ.

ޑރ.މުއިއްޒު ގެންދަވަނީ ވަރަށް ޖޯޝުގަ ކެމްޕެއިން ކުރައްވަމުންނެވެ. މުއިއްޒުގެ ކެމްޕެއިން ހަރަކާތް މިރޭވެސް ކުރިއަށް ދާނެއެވެ. އެގޮތުން މާފަންނު ގިރާވަރު ކޮމިއުނިޓީއާއިވެސް މިރޭ ބައްދަލުކުރައްވާނެކަމަށްވެސް ޠަލާލް ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.