ކޮލަމާފުށީ ޑިމޮކްރެޓުން ޑރ. މުއިއްޒު ވެރިކަމަށް ގެނައުމަށް ބައިއަތު ހިފައި މަސައްކަތް ފަށައިފި!

ކޮލަމާފުށީ ޑިމޮކްރެޓުން ޑރ. މުއިއްޒު ވެރިކަމަށް ގެނައުމަށް ބައިއަތު ހިފައި މަސައްކަތް ފަށައިފި!

Author
މުޙައްމަދު ޝަޒައިމް
22 ސެޕްޓެމްބަރ 2023 11:34
0

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ގެނައުމަށް ގއ. ކޮލަމާފުށީ ޑިމޮކްރެޓުން ނިންމައިފިއެވެ.

ކޮލަމާފުށީ ޑިމޮކްރެޓުން ޑރ. މުއިއްޒު ވެރިކަމަށް ގެނައުމަށް ނިންމީ މިރޭ ބޭއްވި ކޮލަމާފުށީ ޑިމޮކްރެޓުންގެ ބައްދަލުވުމެއްގައި ބައިވެރިވި މެމްބަރުންގެ އިއްތިފާގުންނެވެ. ޑިމޮކްރެޓްސްއަށް ނިސްބަތްވާ ކޮލަމާފުށީގެ މީހުންވަނީ ބައްދަލުވުމަށްފަހު ޕީޕީއެމް ކެމްޕޭން ޓީމާއިއެކު މަސައްކަތް ފަށާފައެވެ.

މިރޭ ކޮލަމާފުށީގެ ޑިމޮރްޓުން މުއިއްޒަށް ތާއީދު ކުރުމަށް ނިންމައިފާއިރު ގއ. މާމެންދޫގައި ހަރަކާތްތެރިވާ ދަ ޑިމޮކްރެޓްސް އަށް ތާއީދުކުރާ މީހުން ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުއިއްޒު ރައީސް ކަމަށް އިންތިޚާބު ކުރުމަށް ވަނީ ބައިއަތުހިފާފައެވެ.

ކޮލަމާފުށީގެ އިތުރުން ރާއްޖޭގެ ގިނަ ރަށްތަކެއްގައި ޑިމޮކްރެޓްސްއަށް ތާއީދު ކުރާ ގިނަ މެމްބަރުން ދަނީ ޑރ. މުއިއްޒަށް ބައިތު ހިފައިން މިވެރިކަން ބަދަލު ކުރުމަށް މަސައްކަތް ފަށާފައެވެ. ރައީސް ޞާލިހަށް ދެވަނަ ދައުރެއް ދިނުމަކީ ޑިމޮކްރެޓުން ތާއީދު ކުރާނެ ކަމެއް ނުންކަމަށް އެޕާޓީގެ އިސް ބޭފުޅުން މީގެ ކުރިންވެސް ތަކުރާރުކޮށް ވަނީ ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.