ޑްރަގު އޮޕަރޭޝަން: 6 ޝޫޓު ކޭހާއި، ދެގޯނީގެ މަސްތުވާ ތަކެއްޗާއިއެކު 10 މީހަކު ހައްޔަރުކޮށްފި

ޑްރަގު އޮޕަރޭޝަން: 6 ޝޫޓު ކޭހާއި، ދެގޯނީގެ މަސްތުވާ ތަކެއްޗާއިއެކު 10 މީހަކު ހައްޔަރުކޮށްފި

Author
މުޙައްމަދު ޝަޒައިމް
08 ޑިސެމްބަރ 2020 04:12
0

މާލޭގެ ފަރީދީ މަގުގައި މަސްތުވާތަކެތީގެ މައްސަލައެއް ފުލުހުން ހިންގައި 10 މީހަކު ހައްޔަރުކޮށްފިއެވެ.

ކަމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ މި އޮފަރޭޝަނަކީ ފަރީދީ މަގުގެ ސަރަަހައްދުގައި އޮތް ކާރަކުން މަސްތުވާތަކެތި ފެނިގެން ހިންގަމުންދާ އޮޕަރޭޝަނެއް ކަމަށެވެ.

އަތުލައިގަތް މަސްތުވާތަކެއްޗަކީ މީގެ ހަފުތާއެއްހާ ދުވަސްކުރިން ފުލުހުން ކަނޑުމަތިން ފާރަލަމުން އައި އެއްޗެއް. އެ އެއްޗެހި މާލެ އަށް ބާލައި ކާރަށް އަރުވާފައި ދުއްވަން ފެށިތަނުން އެ ކާރު ފުލުހުން ހުއްޓުވީ މިއަދު މެންދުރެއްހާ އިރު. ޒަމާނީ، ފަހުގެ އަޅިކުލައިގެ އެ ޕްރައިވެޓް ކާރުގެ ބޮނެޓާއި ޑިކީ އާއި އެހެން ދޮރުތައް ވެސް ނައްޓައިގެން ފުލުހުން މިހާރު ވެސް އަންނަނީ ތަހުގީގުކުރަމުން. އެ ހިސާބުގަނޑު އެއްކޮށް އާންމުންނަށް ވަނީ ބަންދުކޮށްލައިފައި.

ކާރުން އަތުލައިގަތް މަސްތުވާތަކެތީގެ ހުރީ ހަ ސޫޓްކޭހާއި ދެ ގޯނީގައެވެ. އޭގެ ތެރެއިން ދެ ގޯނި ހުރީ ކާރުގެ ޑިކީ ތެރޭގައެވެ. މިހާތަނަށް ބެލިބެލުމުން ބައެއް ސޫޓް ކޭސްތަކުގައި ހަ ކިލޯގެ މަސްތުވާތަކެތި ހުރެއެވެ. ބެލެވޭ ގޮތުން އެ ކާރު ތެރޭގައި މަދުވެގެން 100 ކިލޯއާއ ގާތްކުރާ އަދަދަކަށް މަސްތުވާތަކެތި ހުންނާނެއެވެ.

ފަހަކަށް އައިސް ފުލުހުންދަނީ ޑްރަގްގެ ޚާއްޞަ އޮަޕރޭޝަންތަކެއް ހިންގަމުންނެވެ. އަދި އެ އޮޕަރޭޝަންތަކުގައި ގިނަ ޢަދަދެއްގެ މަސްތުވާތަކެއްޗާއެކު ބަޔަކު ހައްޔަރުކޮށްފައިވެއެވެ. އަދި މީޑިއާގެ ޙާޒިރުގައިވެސް ހިންގި އޮޕަރޭޝަން ފުލުހުން ކުއްލިގޮތަކަށް ވަނީ ހުއްޓާލާފައެވެ.

ރާއްޖެއަށް އެތެރެކުރަން އުޅުނު ގިނަ ޢަދަދެއްގެ މަސްތުވާތަކެތިވެސް ފުލުހުން ދާދި ފަހުން ވަނީ ހޯދާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.