ފުޅަދޫގެ ޓޫރިޒަމް ކުރިއެރުވުމަށް މުޢިއްޒު ދެއްވި ޢުންމީދު، އެއަރޓެކްސީގެ ޚިދުމަތް ތަޢާރަފްކުރާނަން!

ފުޅަދޫގެ ޓޫރިޒަމް ކުރިއެރުވުމަށް މުޢިއްޒު ދެއްވި ޢުންމީދު، އެއަރޓެކްސީގެ ޚިދުމަތް ތަޢާރަފްކުރާނަން!

ފަތުރުވެރިކަން ފުޅާކުރުމަށްޓަކައި ބ.ފުޅާދޫއަށް އެއަރޓެކްސީގެ ޚިދުމަތް ތަޢާރަފްކުރައްވާނެކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ކެމްޕެއިންގައި އެރަށަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ޑރ.މުޢިއްޒު ވިދާޅުވީ، އެންމެ މުހިންމު ކަމަކީ ފުދުންތެރި ރައްޔިތެއް ބިނާކުރުންކަމަށެވެ. އެކަމަށް ޚާއްޞަ އިސްކަމެއްދެއްވައިގެން ޓޫރިޒަމާއި، މަސްވެރިކަމާއި، އެނޫންވެސް އެކި ދާއިރާތަކަށާއި، ވިޔަފާރިތަކަށް ވަންނަން ބޭނުންވާ ޒުވާނުނަށް ފަހި ފުރުޞަތުތަކެއް ހޯދައިދެއްވާނެކަމަށް މުޢިއްޒު ވިދާޅުވިއެވެ. ޚާއްޞަކޮށް ފުޅަދޫއަކީ ޓޫރިޒަމް ފުޅާވަމުން އަންނަ ރަށެއްކަން ފާހަގަކުރައްވާ މުޢިއްޒު ވިދާޅުވީ އެރަށް ޓޫރިސްޓުން ގެނައުމާ އަނބުރާ ދިއުމުގައި އޮތް އެންމެ ބޮޑު ދައްޗަކީ ދަތުރުފަތުރުކަމަށެވެ. އެކަމަށް ޙައްލެއް ގެނެސްދެއްވުމުގެ ގޮތުން އެއަރޓެކްސީގެ ޚިދުމަތް އެރަށަށް ތަޢާރަފްކުރައްވާނެކަމަށް މުޢިއްޒު ވިދާޅުވިއެވެ. އަދި ވިޔަފާރިތައް ފެށުމަށާއި، ފުޅާކުރުމަށް ޚާއްޞަ އިންވެސްޓްމަންޓް ބޭނެއްކެއް ރާއްޖޭއަށް ތަޢާރަފްކޮށް އެއިން ވިޔަފާރިތަކަށް އެހީތެރިވެދެއްވާނެކަމުގެ ޔަޤީންކަން މުޢިއްޒު ދެއްވިއެވެ.

އަޅުގަނޑަށް އިތުބާރުކޮށް އެ ފުރުޞަތު ދީފިނަމަ ރައްޔިތުން ތި އެދޭގޮތަށް އެކަންކޮށްދޭނަން. ޓޫރިސްޓުން ގެނައުމާ ފޮނުވުމަށް އެއަރޓެކްސީގެ ޚިދުމަތް ހަމަޖައްސައިދޭނަން.

– ޑރ.މުޢިއްޒު ވިދާޅުވިއެވެ.

މުޢިއްޒު ވިދާޅުވީ އެރަށުގެ ތަޢުލީމާ ސިއްޙީ ނިޒާމު އިތުރަށް ފުޅާކޮށް ހަރުދަނާކުރައްވާނެކަމަށެވެ. ޚައްޞަކޮށް އެރަށުން އެދުނުގޮތަށް ސަރުކާރުގެ ޚަރަދުގައި ތެލަސީމިއާ ކުދިންނަށް ބޯންމެރޯ ހެދޭނެ އިންތިޒާމް ހަމަޖައްސަވާނެކަމަށްވެސް މުޢިއްޒު ވިދާޅުވިއެވެ. އަދި ތެލަސީމިއާގެ ހުރިޙާ ޚިދުމަތެއް ލިބޭނެ މަރުކަޒެއް މާލެ ސަރައްދުގައި ޤާއިމްކުރައްވާނެކަަމަށްވެސް މުޢިއްޒު ވިދާޅުވިއެވެ. އަދި ފުޅަދޫގައި އޭޓީއެމްގެ ޚިދުމަތްވެސް ތަޢާރަފްކުރައްވާނެކަމަށް މުޢިއްޒު ވަނީ ވިދާޅުވެފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *