ރ. މާކުރަތު ކައުންސިލް ރައީސް މުހައްމަދު ރަމީޒު ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުއިއްޒަށް ތާއީދުކޮށް ޕީޕީއެމްއަށް ސޮއިކޮށްފިއެވެ.
މިއަދު ދރ. މުއިއްޒު މާކުރަތަށް ވަޑައިގެންނެވުމުން އެރަށުން ވަނީ މުއިއްޒަށް ވަރަށް ހޫނު މަރުޚަބާއެއް ދަންނަވާފައެވެ. މާކުރަތުގައި މިއަދު ބޭއްވި ޖަލްސާގައި އެތަށު ކައުންސިލް ރައީސް މުހައްމަދު ރަމީޒުއާއި ކައުންސިލް މެމްބަރު އަބްދުއްސަމަދު ޔޫސުފް ވެސް ވަނީ ޕީޕީއެމްއަށް ސޮއި ކޮށްފައެވެ.
މީގެ އިތުރުން އެރަށުން ގިނަ އަދަދެއްގެ ބަޔަކު ވަނީ މުއިއްޒުއަށް ތާއީދުކޮށް ޕީޕީއެމްއާއި ގުޅިފައެވެ. މިބޭފުޅުންގެ ފޯމު ތަކާއި ހަވާލުވީ ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުއިއްޒާއި، ޕީއެންސީގެ ރައީސް އަބްދުއްރަހީމެވެ.

މުއިއްޒު ވަނީ ސޮއިކުރު އެންމެހާ ބޭފުޅުންނަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރައްވާފައެވެ. ކައުންސިލް ރައީސާއި، ކައުންސިލް މެމްބަރު އަދި ގިނަ އަދަދެއްގެ މެމްބަރުން ގުޅުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށް މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވަނީ ފުރަތަމަ ބުރުގައި ދެއްވި ތާއީދަށް ޝުކުރު އަދާ ކުރައްވާފައެވެ. އަދި ދެވަނަ ބުރުގައި އެއަށްވުރެ ބޮޑު މެޖޯރިޓީއެއް ހޯދާނެ ކަމީ ޝައްކެތް އޮތްކަމެއް ނޫންކަމަށް މުއިއްޒު ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ