ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި ބަލާނީ އެރަށަކުން ވޯޓުދޭ މިންވަރަކަށް ނޫންކަމަށާއި، ޚިދުމަތްދޭނީ އެއްވެސް ތަފާތު ކުރުމެއްނެތި ހަމަހަމަ ކަމާއި އެކުގައިކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ކެމްޕޭންގައި ރ. މާކުރަތުގެ ރައްޔިތުންނާއި ބައްދަލު ކުރައްވައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ މިއިންތިޚާބުގެ ފުރަތަމަ ބުރުގައިވެސް އަދި ދެވަނަ ބުރުގައިވެސް ރައްޔިތުންގެ ބޮޑު ޢައުލަބިއްޔަތެއް ލިބިގެންދާނެ ކަމާއިމެދު ޝައްކު ނުކުރައްވާ ކަމަށެވެ. ރައްޔިތުންނަށް ޚިދުމަތް ކުރުމަށް ނިކުންނެވީ ރައްޔިތުން ދޭ ވޯޓަށް އެކަނި ބަލައިގެން ނޫންކަމަށާއި، ޚިދުމަތްދޭނީ ހަމަހަމަ ކަމާއިއެކު އިންސާފުންކަމަށް މުއިއްޒު ވިދާޅުވިއެވެ.
ސަމާލުކަން ދީގެން މަސައްކަތް ކުރާތަން ފެންނަނީ. ރައްޔިތުން ވޯޓުދިނީ ކިހިނެއްތޯ ބަލާފައި ނޫން ޚިދުމަތްދޭނީ. ކައުންސިލް އޮތް ވިސްނުމެއް ނުބަލައި ކައުންސިލް ތަކާއި ގުޅިގެން ޚިދުމަތް ދޭނީ. މަސައްކަތްތައް ބާރަށް ކުރިއަށް ގެންދިއުމަކީ އަމާޒު. ތިޔަބޭފުޅުން ބޭނުންވާ ކަންކަންވާނެ. މުއިއްޒު ވިދާޅުވިއެވެ.
ރ. މާކުރަތަށް މުއިއްޒު ވެވަޑައިގެންނެވި ވައުދުތައް:
– މަގުތައް ޒަމަނީ ފެންވަރަކަސް ހަދޭނަން
– ޒުވާނުންގެ މަރުކަޒެއް ހަދާދޭނަން
– ފުޓްސެލް ދަނޑެއް އަޅާދޭނަން
– މާކުރަތުގައި ފަށައި ނުނިހުރި ކަންކަން ނިންމަދޭނަން
މުއިއްޒު ވިދާޅުވީ އެއްވެސް ރަށެއްގައި ވަޒީފާ އަދާކުރާ މުވައްޒިފަކު ވަޒީފާއިން ވަކިކޮށް މަގުމަތި ނުކުރާނެ ކަމަށެވެ. އިތުރު ވަޒީފާ އުފައްދާ ރައްޔިތުންގެ ފުދުންތެރިކަން އިތުރު ކުރައްވާނެކަމަށް މުއިއްޒު ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ