މަސައްކަތް ނުނިމެނީސް ރިބަންކެނޑި ރަސްގެތީމު ފެނާއި ނަރުދަމާ، ހަގީގަތަށް ހަދާދޭނަން: މުއިއްޒު

މަސައްކަތް ނުނިމެނީސް ރިބަންކެނޑި ރަސްގެތީމު ފެނާއި ނަރުދަމާ، ހަގީގަތަށް ހަދާދޭނަން: މުއިއްޒު

މިސަރުކާރުން ރަސްގެތީމުގެ ފެނާއި ނަރުދަމަގެ މަސައްކަތް ނުނިމެނީސް ރިބަންފަށް ކެނޑައި ރައްޔިތުންގެ ލޮލުގައި އަނދުން އެޅުވި ނަމަވެސް އެމަސައްކަތް ނިންމައި ރައްޔިތުންނާއި ހަވާލުކޮށް ދެއްވާނެކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ކެމްޕޭންގައި ރ. ރަސްގެތީމަށް ވަޑައިގެން މުއިއްޒު ވިދާޅުވީ ރަސްގެތީމުގައި މިސަރުކާރުން ކުރަން ފެށި އެތައް މަސައްކަތެއް ނުނިމި ވާކަމަށެވެ. އަދި ވޯޓަށް ރައްޔިތުންގެ ލޮލުގައި އަނދުން އެޅުވުމަށްޓަކައި ފެނާއި ނަރުދަމާގެ މަސައްކަތް ނުނިމެނީސް ރިބަން ކަނޑައި ރައްޔިތުންނަށ އޮޅުވާލި ކަމަށެވެ. ނަމަވެސް މިމަސައްކަތް ހަގީގަތަކަށް ހަދައި ރައްޔިތުންނަށް ހަގީގީ މާނާގައި ބޭނުން ކުރެވޭ ވަރު ކޮށްދެއްވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ ރައްޔިތުންގެ ތަރައްޤީއާއި ރައްޔިތުންގެ ބޭނުންތަކަށް ކޮންމެހެން ކޮށްދޭންޖެހޭ ކަންކަން ކޮށްދިއުމަކީ އަބަދުވެސް އަމާޒު ކަމަށެވެ.

ރ.ރަސްގެތީމަށް މުއިއްޒު ވެވަޑައިގެންނެވި ވައުދުތައް:

– ބަނދަރު ޒަމާނީ ފެންވަރަކަށް ތަރައްޤީ ކޮށްދޭނަން
– އޮޑި އެހެލާ ސަރަހައްދެއް ޤާއިމް ކުރާނަން
– ސްކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލު ކޮށްދޭނަން
– ސިއްޚީ މަރުކަޒުގެ ޚިދުމަތްވެސް ރަނގަޅު ކޮށްދޭނަން
– ކުނިމެނޭޖް ކުރުމުގެ މައްސަލައަށް ހައްލު ހޯދައި ދޭނަން
– ފުޓްސަލް ދަނޑުގެ ފެންސު މަރާމާތު ކޮށްދީ ދަނޑުގެ ހާލަތު ރަނގަޅު ކޮށްދޭނަން
– ފެނާއި ނަރުދަމާގެ މަސައްކަތް ނިންމަ ދޭނަން
– އިންޖީނުގޭނެ މަސައްކަތް ނިންމަ ދޭނަން
– މަގުތައް ޒަމާނީ ފެންވަރަކަށް ހަދާ ދޭނަން
– ބޭބީ ނާސަރީ ހުޅުވަން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ތަނަވަސް ކޮށްދޭނަން

މުއިއްޒު ވިދާޅުވީ އެއްވެސް ރަށަކަށް ވަޑައިގެން ނުކޮށްދެވޭނެ ވަރުގެ ކަންކަމުގެ ވާހަކައެއް ނުދައްކާނެކަމަށެވެ. ވެވަޑައި ގަންނަވާ ކޮންމެ ވައުދަކީ ފުއްދޭނެ އަދި ކޮށްދެވޭނެ ކަންތައްތަކެއް ކަމަށް މުއިއްޒު ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *