ނިޒާމީ ވޯޓެއް ނަގަން 30-45 ދުވަސް ބޭނުންވާނެ، 40މިލިއަން ރުފިޔާ ޚަރަދުވާނެ.: އީސީ

ނިޒާމީ ވޯޓެއް ނަގަން 30-45 ދުވަސް ބޭނުންވާނެ، 40މިލިއަން ރުފިޔާ ޚަރަދުވާނެ.: އީސީ

ގުޅުންހުރި

ނިޒާމީ ވޯޓެއްނަގާނަމަ މަދުވެގެން 30 ދުވަހާއި 45 ދުވަހާ ދެމެދުގެ މުއްދަތެއް ބޭނުންވާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ. އެކޮމިޝަނުން މިހެން ބުނެފައި މިވަނީ ނިޒާމީ ވޯޓެއް ރިޔާސީ އިންތިޚާބުގެ ކުރިން ނެގުމަށް ދަ ޑިމޮކްރެޓްސްއިން ބާރުއަޅަމުން ދަނިކޮށެވެ.

އިންތިޚާބުގެ ދެވަނަ ބުރުގައި އެމްޑީޕީއާ ދަ ޑިމޮކްރެޓްސް ގުޅުމަށް އެޕާޓީން އެދުނުނަމަވެސް، ޑިމޮކްރެޓުން ވަނީ މިމަހުގެ 28ގެ ކުރިން ނިޒާމީ ވޯޓެއް ނެގުމަށް ހުށައަޅާފައެވެ. ނަމަވެސް ރައީސް ޞާލިހް ވަނީ އެތާރީޚަށް ބޭއްވުމަކީ ވާނެކަމެއް ނޫންކަމަށާއި، ދައުރު ނިމުމުގެ ކުރިން ވޯޓު ނެގިދާނެކަމަށް ވިދާޅުވެފައެވެ. ނަމަވެސް ޑިމޮކްރެޓުން އެކަމާ ދެކޮޅެވެ.

މިކަމާ ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަންގެ ނާއިބު ރައީސް އިސްމާޢީލް ހަބީބު ވިދާޅުވީ، ނިޒާމީ ވޯޓެއް ނަގަން ޖެހިއްޖެނަމަ، އެފަދަ ވޯޓެއް ނެގުމަށްޓަކައި، އިންތިޚާބުތަކާ ބެހޭ އާންމު ގާނޫނުގައިވާ ހަމަތަކަށް ރިޢާޔަތްކުރާއިރު، މަދުވެގެން 30 ދުވަހާއި 45 ދުވަހާ ދެމެދުގެ މުއްދަތެއް އެ އިންތިޚާބު ބޭއްވުމަށްޓަކައި ބޭނުންވާނެކަމަށެވެ. އަދި ގާތްގަނޑަކަށް 40 މިލިޔަން ރުފިޔާ އެ އިންތިޚާބަށް ޚަރަދުވާނެކަމަށް ހަބީބު ވިދާޅުވިއެވެ.

އެންމެ މުހިންމު ކަމަކީ، މިފަދަ ވޯޓެއް ނެގުމުގެ މަގްސަދާމެދު ވޯޓުލާ މީހުން ހޭލުންތެރިކުރުވުން. ވަކި ނިޒާމަކަށް ތާއީދުކޮށް ވޯޓުލުމުގައި އެ ނިޒާމެއްގެ ފައިދާ އާއި ގެއްލުމާމެދު، ވޯޓުލާ މީހުން ހޭލުންތެރިކުރުވުމަކީ، އިލެކްޝަންސް ކޮމިޝަންގެ ގާނޫނީ ޒިންމާއެއް.

– އިސްމާޢީލް ހަބީބު ވިދާޅުވިއެވެ.

ނިޒާމީ ވޯޓުނެގުން ސެޕްޓެމްބަރ 30އަށްވުރެ ފަސްކޮށްފިނަމަ އެ ވޯޓު ނެގިނަމަވެސް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ފެއިލްކޮށްލަވާނެކަމަށް ދަ ޑިމޮކްރެޓްސްއިން ވަނީ ބުނެފައެވެ.

ހިޔާލުފާޅު ކުރައްވާ!

One Response

  1. ނުވާނެ ދެވަނަބުރުގެ ވޯޓާ ނިޒާމީ ވޯޓު އެކުގާ ނެގީމާ ދާނީހަމައެކަނި ކަރުދާސް ޕާޕު ކުރަންދާ ޙަރަދު އެކަނި

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ