ރިޔާސީ އިންތިޚާބުގައި ވޯޓުލާ މީހުންގެ ލިސްޓުގައި 10 ދުވަސް ނުފުރޭ ކުއްޖެއްގެ ނަން އޮތްކަމުގެ ޝަކުވާ އިލެކްޝަނަށް ހުށަހަޅައިފިއެވެ.
މިޝަކުވާ އިލެކްޝަނަަށް ހުށަހެޅީ ކުއްޖާގެ ބައްޕައާއި، އާއިލާގެ ފަރާތުންނެވެ. މިމައްސަލަ މީޑިއާގެ ސަމާލުކަމަށް ގެނައީ ޕީއެންސީގެ ނައިބް ރައީސް އިބްރާހިމް ޝުޖާއެވެ. ޝުޖާ ވިދާޅުވީ ހއ. ބާރަށް ނިސްބަތްވާ އާސިއަށް ލުބުނު ތުއްތު ތުއްތު ކުއްޖާއަށް އަދިވީ އެންމެ 10 ދުވަސް ކަމަށެވެ. އެކުއްޖާގެ ނަން ލިސްޓުގައި އޮތުމުން އީސީއަށް މައްސަލަ ހުށަހެޅި ކަމަށެވެ. ނަމަވެސް މިކަން އިލެކްޝަނުން ހައްލު ކޮށްދީފައި ނުވާކަމަށެވެ.
ހއ. ބާރަށު، ތިނަދޫގެ އާސިފް އަށް މީގެ 10 ދުވަސް ކުރިން ލިބުނު ލޯބި ލޯބި ދަރިފުޅުވެސް އެބައޮތް ވޯޓަރސް ލިސްޓްގަ. އުމުރުން އަދި 10ދުވަސް. އިލެކޝަނުން ފުރަތަމަ ގޮސް ބެލީ. ބެލި އިރު ކުއްޖާގެ ރަށާއި، ނަމާއި، އެޑްރެސް ދިމާވޭ. އައި ޑީ ކާރޑް ނަމްބަރު ދިމާނުވޭ. މިއޮތީ މިކުއްޖާގެ ނަމުގައި މީހެއް ވޯޓް ލާން ސެޓް ކޮށްފަ. ކީކޭ ދެން ބުނާނީ. ޝަކުވާ ހުށައަޅައިފިން. އަދިވެސް ހައްލު ނުލިބޭ. ކިހާ ދެރަކަމެއްމީ.
– ޝުޖާ ވިދާޅުވިއެވެ.
ވޯޓާސް ލިސްޓުގެ މައްސަލަ ފެންމަތިވެފައިވާ މިދަނޑިވަޅުގައި އިންތިޚާބުގެ ދެވަނަ ބުރުގެ ކުރިން ހުރި މިފަދަ މައްސަލަތައް ރަނގަޅު ކުރުމަށް ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ވަނީ ގޮވާލާފައެވެެ. ޚާއްސަކޮށް ރީ-ރަޖިސްޓްރޭޝަނަށް ދެ ދުވަސް ތެރޭގައި 33،000 އަށްވުރެ ގިނަ ފޯމު އިލެކްޝަނަށް ހުށަހެޅިފައި ވުމުން އެކަމުގެ ކަންބޮޑުވުން އިދިކޮޅު ޕީޕީއެމް/ޕީއެންސީން ގެންދަނީ ފާޅު ކުރަމުންނެވެ.
އިންތިޚާބުގެ ސައްޚަކަން ކަށަވަރު ކުރާނެ އެންމެ މުހިންމު އެއްބަޔަކީ ވޯޓާސް ލިސްޓަށް ވާއިރު، ލިސްޓުގެ ސައްޚަކަން ކަށަވަރުކޮށްގެން ނޫނީ އިންތިޚާބު ބޭއްވުމަށް ޖާގަ ނުދެއްވާނެކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީން ދަނީ ބުނަމުންނެވެ.
One Response
Habeeb/ Fuwaadhu
kamission ge ageh neiykan mifennanee