ލ. އަތޮޅުގައި އުފެދުނު އެންމެ މޮޅު އެއްކުޅުންތެރިޔާ ޒާދު، މުއިއްޒަށް ތާއީދުކޮށް ޕީޕީއެމްއަށް!

ލ. އަތޮޅުގައި އުފެދުނު އެންމެ މޮޅު އެއްކުޅުންތެރިޔާ ޒާދު، މުއިއްޒަށް ތާއީދުކޮށް ޕީޕީއެމްއަށް!

Author
މުޙައްމަދު ޝަޒައިމް
17 ސެޕްޓެމްބަރ 2023 03:57
0

ލ. އަތޮޅުގައި އުފެދުނު އެންމެ މޮޅު އެއް ކުޅުންތެރިޔާ އަހުމަދު ޒާދު ޑރ. މުއިއްޒަށް ތާއީދުކޮށް ޕީޕީއެމްއަށް ސޮއިކޮށްފިއެވެ.

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ކެމްޕޭން ޑރ. މުއިއްޒާއި ޓީމުން ގެންދަނީ މުޅި ރާއްޖޭގައި ވަރަށް ފުޅާކޮށް ކުރިއަށް ގެންދަމުންނެވެ. އެގޮތުން އެކި ޓީމުތައް ގެންދަނީ އެކި ރަށްތަކުގައި ހަރަކާތްތެރި ވަމުންނެވެ. ލ.އަތޮޅުގައި، މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަތު ތޯރިގު ކުރައްވަމުންދާ ކެމްޕޭންގައި ގިނަ ބަޔަކު ގެންދަނީ މުއިއްޒުއަށް ތާއީދުކޮށް ޕީޕީއެމްއަށް ސޮއި ކުރަމުންނެވެ.

އެގޮތުން ޓީމަށްވެސް ކުޅުނު އަދި ރާއްޖޭގެ ފުރަތަމަ ޑިވިޒަންގައިވެސް މޮޅަށް ކުޅުނު ލ.އަތޮޅަށް ނިސްބަތްވާ އެންމެ މޮޅު އެއް ކުޅުންތެރިޔާ ޒާދު ވަނީ މުއިއްޒަށް ތާއީދުކޮށް ޕީޕީއެމްއާއި ގުޅިފައެވެ.

ލ.އަތޮޅުގެ ބޮޑު ތާއީތެއް މުއިއްޒަށް ލިބެމުންދާއިރު، އަތޮޅު ކައުންސިލް ރައީސް އިސްމާއިލް އަލީވެސް ވަނީ މުއިއްޒަށް ތާއީދުކޮށް ޕީޕީއެމްއާއި ގުޅިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.