ވަޒީފާއިން ކަނޑާލާނެކަމަށް ދެން ފަސްޖެހޭނެ ކަމެއްނެތް، ވަޒީފާގެ ޔަގީންކޮށް ދޭނަން: މުއިއްޒު

ވަޒީފާއިން ކަނޑާލާނެކަމަށް ދެން ފަސްޖެހޭނެ ކަމެއްނެތް، ވަޒީފާގެ ޔަގީންކޮށް ދޭނަން: މުއިއްޒު

ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ވަޒީފާގެ ބިރު ދައްކައި ސަރުކާރުނން ފޯރުވަމުންދިޔަ އެއްވެސް ނުފޫޒަކަށް ފަސް ނުޖެހި ދެވަނަ ބުރުގައި ހުރިހާ ރައްޔިތުންވެސް ސާބިތުކަމާއިއެކު ނިކުންނެވުމަށާއި، ވަޒީފާތަކުގެ ކަށަވަރުކަން ޔަގީން ކޮށްދެއްވާނެކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުުރުގެ ކެމްޕޭންގައި ށ. ގޮއިދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލު ކުރައްވާ ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ސަރުކާރުން އިންތިހާއަށް ވަޒީފާގެ ބިރާއި، ނުފޫޒު ފޯރުވިކަމަށެވެ. ނަމަވެސް އިންތިޚާބުގެ ދެވަނަ ބުރުގައި ރައްޔިތުން ބިރުގަންނަން ޖެހޭ އެއްވެސް ކަމެއް ނެތްކަމަށާއި، މިސަރުކާރުން ކަނޑާލާ ކޮންމެ ވަޒީފާއަކަށް ވަޒީފާއެއް ހަމަޖައްސައި، އެއްވެސް މީހަކަށް ދެރަ ގޮތެއް ވިޔަ ނުދޭނެކަމަށް މުއިއްޒު ވިދާޅުވިއެވެ.

ހަމަ މިއާއިއެކު މިހާރު ރަށްރަށުގައި އެކި ކުންފުނިތަކުގެ ވަޒީފާ އަދާކުރަމުންދާ ސިޔާސީ މަޤާމުތަކުގައި ތިބި މީހުން ފިޔަވައި އެހެން އެއްވެސް ވަޒީފާއެއްގެ މީހަކު ކަނޑާނުލާނެކަމަށް މުއިއްޒު ވިދާޅުވިއެވެ. އަދި މިހާރު ފަށައިގެން ފަސް އަހަރު ދުވަހު ނުނިމިހުރި މަސައްކަތްތައް ބާރު ސްޕީޑުގައި ރައްޔިތުންނަށް ކޮށްދީ ނިންމާނެ ކަމުގެ ޔަގީންކަން މުއިއްޒު ވަނީ ގޮއިދޫ ރައްޔިތުންނަށްވެސް ދެއްވާފައެވެ.

ށ. ގޮއިދޫ ރައްޔިތުންނަށް މުއިއްޒުވެ ވަޑައިގެންނެވި ބައެއް ވަޢުދު:

– ރައްޔިތުން އެދޭފަދަ ބޮޑު ބަނދަރެއް ޤާއިމް ކޮސްދޭނަން
– ސިއްޚީ މަރުކަޒު އަޕްގްރޭޑް ކޮށްދޭނަން
– ކުޅިވަރު ވަސީލަތްތައް ގާއިމް ކޮށްދޭނަން
– އިޤްތިޞާދީ ގޮތުން ބާރުވެރި ބަޔަކަށް ހަދާނަން

މުއިއްޒު ވިދާޅުވީ، ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުން ރައްޔިތުން ނިންމި ނިންމުމާއިއެކު ދެވަނަ ބުރުގައި މަކަރު ހަދައި އޮޅުވާލުމަށް މިސަރުކާރުން ދަނީ މަސައްކަތް ކުރަމުން ކަަމަށެވެ. އިންތިޚާބުގައި ރައްޔިތުން ނިކުމެ މިސަރުކާރު ބަލި ކުރުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކޮށްދެއްވުމަށް މުއިއްޒު ވަނީ އިލްތިމާސް ކުރައްވާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *