ށ. އަތޮޅު ކައުންސިލް ރައީސް ޝިޔާމްގެ ތާއީދު ޑރ. މުއިއްޒަށް!

ށ. އަތޮޅު ކައުންސިލް ރައީސް ޝިޔާމްގެ ތާއީދު ޑރ. މުއިއްޒަށް!

Author
މުޙައްމަދު ޝަޒައިމް
16 ސެޕްޓެމްބަރ 2023 12:45
0

ށ.އަތޮޅު ކައުންސިލްގެ ރައީސް ޝިޔާމް ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ތާއީދުކޮށް މިވެރިކަން ބަދަލު ކުރުމަށް ނިކުންނަވައިފިއެވެ.

ޝިޔާމްއަކީ އެމްޑީޕީގެ ތެރޭގައި އުފެދުނު ޚިޔާލް ތަފާތުވުމުގެ ތެރެއިން އުފެއްދި ދަ ޑިމޮކްރެޓްސްއަށް ނިބަތްވާ ރައީސް ނަޝީދަށް ތާއީދު ކުރައްވާ ބޭފުޅެކެވެ. އޭނާ ވަނީ މިފަހުން ޑިމޮކްރެޓްސް އުފައްދައިގެން ކުރި މަސައްކަތުގައި ވަރަށް އިސްދައުރެއް ށ.އަތޮޅުގައި އަދާކޮށްފައެވެ.

ޝިޔާމް މުއިއްޒަށް ތާއީދު ކޮށް ރޭ ވިދާޅުވީ މިރާއްޖެ އެދެނީ ރައީސް ޞާލިހު ނޫންގޮތެއް ކަމަށާއި، ދެވަނަ ބުރުގައި އޮތް ގޮތަކީ ރައީސް ޞާލިހު ބަދަލު ކުރުންކަމަށެވެ. އެކަން ކުރުމަށްޓަކައި ޑރ. މުއިއްޒަށް އިންތިޚާބު ކާމިޔާބު ކުރުމަށް ކުރެވެން އޮތް ހުރިހާ ކަމެއް ކުރާނެކަމަށް ޝިޔާމް ވިދާޅުވިއެވެ.

https://x.com/naadu_mv/status/1702944939469123688?s=20

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ރައީސް ޞާލިހުގެ ވެރިކަން ބަދަލު ކުރުމަށް ރާއްޖޭގެ ބައެއް ރަށްރަށުގައި ތިބި ޑިމޮކްރެޓްސް އަށް ނިސްބަތްވާ މެމްބަރުން ދަނީ ޑރ. މުއިއްޒަށް ތާއީދު ކުރަމުންނެވެ. މިއަދު ހއ.މުރައިދޫ ގިނަ ޑިމޮކްރެޓުންވެސް ވަނީ މުއިއްޒަށް ތާއީދުކޮށް ކެމްޕޭނާއި ގުޅިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.