ޤައުމީ ދުވަހު ޑރ. މުއިއްޒު ކެމްޕޭނަށް ބޮޑުތިލަދުން މައްޗަށާއި، ށ. އަތޮޅަށް!

ޤައުމީ ދުވަހު ޑރ. މުއިއްޒު ކެމްޕޭނަށް ބޮޑުތިލަދުން މައްޗަށާއި، ށ. އަތޮޅަށް!

Author
މުޙައްމަދު ޝަޒައިމް
16 ސެޕްޓެމްބަރ 2023 11:46
0

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ކެމްޕޭނަށް ޕީއެންސީ ޕީޕީއެމްގެ ކެންޑިޑޭޓް ޑރ މުޙައްމަދު މުޢިއްޒު ހދ، ހއ އަދި ށ އަތޮޅަށް ކުރައްވާ ދަތުރުފުޅެއްގައި ފުރައި ވަޑައިގެންފިއެވެ.

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ބޮޑު ކާމިޔާބެއް ހޯދުމަށް ހުއްޓުމެއްނެތި ކުރަމުންދާ ކެމްޕޭންގައި މުއިއްޒު ގެންދަވަނީ ގިނަ ރަށްތަކަށް ވަޑައިގެން މާލޭގައިވެސް އެކި ހަރަކާތްތައް ކުރިއަށް ގެންދަވަނުންނެވެ. އިންތިޚާބުގެ ފުރަތަމަ ބުރަށްފަހު މިވީ 7 ދުވަހުގެ ތެރޭގައި އެމްޑީޕީން ނެގި މަޑުވެފައި އޮތް ނަމަވެސް މުއިއްޒު ގެންދަވަނީ ހުއްޓުމެއްނެތި ކެމްޕޭން ފުޅާކޮށް ބާރަށް ކުރިއަށް ގެންވަމުންނެވެ.

މިއަދު ހެނދުނު ޑރ މުޢިއްޒު އަތޮޅުތަކަށް ފެއްޓެވި ދަތުރު ފުޅުގައި ޕީޕީއެމް ޕީއެންސީގެ މިހާރުގެ އިސް ލީޑާރު އަބްދުއްރަހީމާއި މިހާރު އެ ކޯލިޝަނާއި ބައިވެރިވެފައިވާ އެމްއެންޕީގެ ރައީސް އަދި ދަނގެތި ދާއިރާގެ މެމްބަރު މުޙައްމަދު ނާޒިމްވެސް ބައިވެރިވެރިވެ ވަޑައިގަންނަވައެވެ. އެދެބޭފުޅުންގެ އިތުރުން ޑރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދާއި، ޕީއެންސީގެ ނައިބް ރައީސް އިބްރާހިމް ޝުޖާވެސް މިދަތުރުގައި ބައިވެރިވެ ވަޑައިގަންނަވައެވެ.

ދެވަނަ ބުރުގެ ކެމްޕޭނަށް މިއަދު ބޮދު ތިލަދުން މައްޗަށް ޑރ މުޢިއްޒުގެ ޓީމުން ވަޑައިގަންނަވާއިރު ފާއިތުވި ހަފްތާގައި އއ އަދި އދ ގެ ބައެއް ރަށްރަށަށް ވަޑައިގެންފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.