ރާއްޖޭގެ މިނިވަން ކަމާއި ސިޔާދަތާއި އިސްތިޤުލާލު ފޮރުވުމަށް މިސަރުކާރުންކޮށްފައިވާ ކަންކަން ފޮރުވައި، ފޭކް އެގްރީމަންޓްތައް ރައްޔިތުންނަށް ހާމަކޮށް އޮޅުވާލަން މަސައްކަތް ކުރަމުންދާ ކަމަށާއި، ރައްޔިތުން މިކަމަށް ހޭލާތިބެ މިސަރުކާރަށް ދެވަނަ ފުރުސަތެއް ނުދިނުމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު އިލްތިމާސް ކުރައްވައިފިއެވެ.
މުއިއްޒު ވިދާޅުވީ މިމަހުގެ 30 ވަނަ ދުވަހު ލާ ވޯޓަކީ ސިޔާސީ މައްސަލައެއް ހައްލު ކުރުމަށްލާ ވޯޓެއް ނޫންކަމަށެވެ. އަދި އެއީ ޤައުމުގެ އެތެރޭގައި ހުރި ކަންކަން ހައްލު ކުރުމަށްވުރެވެސް ބޮޑަށް ރާއްޖޭގެ މިނިވަންކަމާއި ގުޅިފައި އޮތް ވޯޓެއް ކަމަށެވެ. މިވޯޓު ރައްޔިތުން ދެއްވާއިރު އެންމެ ބޮޑަށް ވިސްނަންވީ ކަމަކީ މިސަރުކާރުން މިނިވަން ކަމަށް އަސަރު ކުރާގޮތަށް ހިންގާފައިވާ ކަންކަން ހުއްޓުވުމަށް ނިންމާ ނިންމުމަކަށް ހެދުމަށް ކަމަށެވެ.
30 ވަނަ ދުވަހު ނިންމާ ނިންމުން އޮތީ ސިޔާސީ ވެރިންގެ ސިޔާސީ މައްސަލައަކާއި ގުޅިފައިނޫން. ކުރިމަތީގައި އޮތީ ޤައުމީ މައްސަލައެއް. އޮތީ މިނިވަންކަން ކަށަވަރު ކުރުން. ބޯހިޔާވަހިކަން ކަށަވަރުން. އިޤްތިޞާދު ނަގާ ކޮޅަށް ޖެހުން. ދެ ޗޮއިސް މިއޮތީ، މިނިވަން ނިގުޅައިގެން މީހުންނާއިި، މިނިވަންކަން ހޯދައި ދަމަހައްޓާ މީހުން.
– މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ މިހާރު ރާއްޖޭގައި އިންޑިޔާގެ ސިފައިން ނެތްކަން ދެއްކުމަށްވެސް ވަރަށް ބޮޑަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. ނަމަވެސް މިކަންމަކީ މިހާރު ފޮރުވާލައި، ފޭކް އެގްރީމަންޓްތަކާއި ލިޔުންތައް ނެރެގެން ރައްޔިތުން ގުނބޯ ހެއްދޭ ވަރަށް ވުރެ ނުރައްކާތެރި ޤައުމީ މައްސަލައެއް ކަމުގައި މުއިއްޒު ވިދާޅުވިއެވެ. މިވެރިކަމުގެ 5 އަހަހަރު ދުވަހު ސިއްރު ލިޔުންތަކާއި، ސިޓީތައް ހާމަ ކުރުމަށް ރައްޔިތުންނާއި، މަޖިލީހުންވެސް ދެނެންވުމުންވެސް މިސަރުކާރުން ކުރީ ސިއްރު ކަމަށާއި، މިއަދު ވެރިކަން ދިފާއު ކުރުމަށް ހާމަކުރާ ފޭކް ލިޔުމަކުން ރައްޔިތުންގެ ނިންމުން ބަދަލު ނުކުރެވޭނެކަމަށް މުއިއްޒު ވިދާޅުވިއެވެ.
ޔަގީންކަން ދެނީ، މިނިވަންކަން އަޅުގަނޑުމެންގެ ރައްޔިތުންގެ ގައުމީ ލޯބީގައި ހަވާލު ކޮށްދައިވިފަނަ މިނިވަންކަން ޔަގީންކޮށް ދޭނަން.
– ޑރ. މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ ރާއްޖެ ތަރައްޤީކޮށް، ރައްޔިތުން އެދޭ ކަންކަން ހާސިލް ކޮށް ދިނުމަކީ ކުރެވޭނެ އަދި ހާސިލް ކުރެވޭނެ ކަންތައް ތަކެއް ކަމަށެވެ. ނަމަވެސް އަތުން މިނިވަންކަން ދޫވެއްޖެނަމަ މިހުރިހާ ކަމެއްވެސް އަތުން ދޫވެގެން ދިއުމަކީ ދުރު ކަމެއް ނޫންކަމަށެވެ.