ރައީސާއި، ޤާސިމްގެ މަޝްވަރާތައް ކުރިއަށް، ރައީސް އަދިވެސް ސަން އައިލެންޑުގައި!

ރައީސާއި، ޤާސިމްގެ މަޝްވަރާތައް ކުރިއަށް، ރައީސް އަދިވެސް ސަން އައިލެންޑުގައި!

Author
މުޙައްމަދު ޝަޒައިމް
15 ސެޕްޓެމްބަރ 2023 03:15
0

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ތާއީދު ހޯދުމަށް ރައީސް ޞާލިހު ކުރަމުންދާ މަޝްވަރާތައް އަދިވެސް ސަން އައިލެންޑުގައި ކުރިއަށްދާ ކަމުގެ މައުލޫމާތު ލިބިއޖެއެވެ.

ރައީސް ޞާލިހުގެ ޤާސިމްގެ ތާއީދު ހޯއްދެވުމަށް ސަން އައިލެންޑަށް ވަޑައިގެންނެވީ ބުދަ ދުވަހުގެ މެންދުރު ފަހުގައެވެ. ރައީސް ވަޑައިގެންނެވީ ބުރާސްފަތި ދުވަހު ހެނދުނު މާލެ ވަޑައިގަންނަވާ ގޮތަށެވެ. ނަމަވެސް މަޝްވަރާތައް ކޮޅެއްގައި ނުޖެހި ދިގުލައިގެން ގޮސް އިއްޔެވެސް ރައީސަށް މާލެ ވަޑައި ނުގެންނެވި މިހާރުވެސް މިވަގުތުވެސް އިންނެވީ ޤާސިމާއި މަޝްވަރާ ކުރެއްވުމަށެވެ.

ޤާސިމާއި މަޝްވަރާ ކުރައްވަން ރައީސް ޞާލިހާއިއެކު ތިއްބެވީ ފޮރިން މިނިސްޓަރ ޝާހިދާއި، އެމަނިކުފާނުގެ ރަނިންމޭޓް އަސްލަމާއި، ރައީސް އޮފީހުގެ ޗީފް އޮފް ސްޓާރފް އަލީ ޒާހިރެވެ. މަޝްވަރާތަކުގައި ބައިވެރިވުމަށް ޖޭޕީގެ ޤާސިމާއި އަރިސް ބޭފުޅުން ސަން އައިލެންޑުގައި ތިބި ނަމަވެސް ބައެއް މަޝްވަރާތަކުގައި މިބޭފުޅުން ބައިވެރި ނުކުރައްވައެވެ.

ޤާސިމްގެ ކަންބޮޑުވުން މިނިވަންކަމާއި، ގޮތް ނޭގޭ އެއްބަސްވުނަތަކަށް!

މިބައްދަލުވުންތަކުގެ މައުލޫމާތު އެނގޭ ބޭފުޅަކު މައުލޫމާތު ދެއްވަމުން ވިދާޅުވީ ޤާސިމްގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ރާއްޖޭގެ މިނިވަން ކަމަށާއި، ގުޅޭގޮތުން އޮތް ސުވާލުތަކެވެ. އެގޮތުން އިންޑިޔާގެ ސިފައިން ރާއްޖޭގައި ތިބި ތިބުމާއި އުތުރުތިލަފަޅު އެއްބަސްވުމާއި، ޗާގޯސް މައްސަލައިގެ ކަންބޮޑުވުމަކީ ޤާސިމްގެ އެންމެ ބޮޑު ކަންބޮޑުވުން ތަކެވެ.

މިކަންކަމުގައި އެއްވެސް ގޯހެއް ނެތްކަމަށް ޤާސިމަަށް ކަށަވަރު ކުރުމުގެ މަސައްކަތް ރައީސްގެ ޓީމުން ގެންދަވަނީ ކުރައްވަމުންނެވެ. އެގޮތުން ބައެއް އެއްބަސްވުންތަކުގެ ކޮޕީވެސް ޤާސިމާއި ހިއްސާ ކުރަމުންދާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ޤާސިމާއި ރައީސް ޞާލިހާއިއެކު ބާއްވާ މިބައްދަލުވުމުގައި ޖޭޕީގެ ފަރާތުން މިކަމުގެ ފަންނީ ބޭފުޅުން ބައެއް ބައްދަލުވުންތަކުގައި ބައިވެރިވެއެވެ. އެގޮތުން ޤާސިމްގެ ރަނިންމޭޓް އަމީން އިބްރާހިމްއާއި، ޚާރިޖީ ދާއިރާގެ އިލްމީ ބޭފުޅެއްކަމަށްވާ އިރުތިޝާމް އާދަމާއި ގާނޫނީވަކީލެއްކަމުގައިވާ ކެންދޫ ދާއިރާގެ މެންބަރ އަލީ ހުސައިން ބައެއް ބައްދަލުވުންތަކުގައި ބައިވެރިވެފައިވާކަމަށް މައުލޫމާތު ލިބިއެވެ.

އިންތިިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުން މިމަހުގެ 30 ވަނަ ދުވަހު އޮންނައިރު، ރައީސް ޞާލިހުގެ ކެމްޕޭންގެ މާބޮޑު ހަރަކާތްތަކެއް އަދި ނުފެނެއެވެ. މިހާތަނަށް ބޭއްވުނީ އެންމެ ޖަލްސާއެކެވެ. އޭގެ ފަހުން ރައީސް ކެނޑިނޭޅި ކުރަމުންދާ މަސައްކަތަކީ ކޯލިޝަން ހެދުމުގެ މަޝްވަރާތަކެވެ. އިންތިޚާބުގެ ފުރަތަމަ ބުރުގެ ނަތީޖާ އޮތްގޮތުން ރައީސް ޞާލިހަށް ދެވަނަ ބުރުގައި ވާދައެއް ކުރެވެން އޮތީވެސް ޤާސިމާއި، ރައީސް ނަޝީދުގެ ތާއީދު ލިބިގެން ކަމަށް ސިޔާސީ މަސްރަހު ދިރާސާ ކުރައްވާ ފަރަތްތަކުން ދެކެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ބ ބުލްބުލް
ޗާންދަނީ ސުޖާ ކަހަލަ ހަރާން ފައިސާ ބަނޑު އަޅަގެން ތިބި ހަރާންކޯރުން ދެ ޕާޓީގަ ވެސް ތިބީ.