މުހުތާޒްގެ ތާޢީދު މުޢިއްޒަށް، ވިދާޅުވީ ޤާނޫނީ ވެރިކަން މުޢިއްޒު ނަގަހައްޓަވާނެކަމަށް

މުހުތާޒްގެ ތާޢީދު މުޢިއްޒަށް، ވިދާޅުވީ ޤާނޫނީ ވެރިކަން މުޢިއްޒު ނަގަހައްޓަވާނެކަމަށް

Author
އައިޝަތު އަޙްމަދު
14 ސެޕްޓެމްބަރ 2023 01:00
0

ރިޔާސީ އިންތިޚާބުގައ ޑރ.މުޙައްމަދު މުއިއްޒަށް ތާޢީދުކުރަން ނިންމާފައިވާކަމަށް ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް މުހުތާޒް މުހުސިން ހާމަކުރައްވައިފިއެވެ.

މުހުތާޒް ކުރެއްވި ޓްވީޓްގައި ވިދާޅުވީ، ޑރ.މުޙައްމަދު މުޢިއްޒުއާއި، ރަނިންމޭޓް ޙުސައިން މުޙައްމަދު ލަޠީފަށް ތާޢީދުކުރަން ނިންމެވީ، ޤާނޫނީ ވެރިކަން ނަގަހައްޓައި، ޒުވާނުންނާއި ދިވެހި ރައްޔިތުންނަށް ފަހި ޚާރިޖީ، އިޤްތިޞާދީ، އިޖްތިމާޢީ ސިޔާސަތެއް ގެންގުޅުއްވާނެތީކަމަށެވެ.

އަދި ސިޔާސަތުތައް ތަންފިޒްކުރުމުގައި މަތްވެގެންވާ އިސްލާމްދީނުގެ އުސޫލްތަކަށް ރިޔާއަތްކުރައްވާނެކަމުގެ ޔަޤީންކަން ޑރ.މުއިއްޒު ދެއްވާފައިވާތީކަމަށްވެސް މުހުތާޒް ވިދާޅުވިއެވެ.

މުހުތާޒް މިހެން ވިދާޅުވީ، ޑރ.މުޢިއްޒާއެކު ހުންނެވި ފޮޓޯއަކާއެކުއެވެ.

ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުން ޑރ.މުޢިއްޒު ހޯއްދެވި ކާމިޔާބީއާއެކު ގިނަ ބަޔަކު އަންނަނީ އެމަނިކުފާނުގެ ފަހަތްޕުޅަށް އަރާވަޑައިގަންނަވަމުންނެވެ. އޭގެތެރޭގައި ސަރުކާރުގެ އިސް މަޤާމުތަކުގައި ތިއްބެވި ބޭފުޅުންނާއި، މިސަރުކާރުގެ ސިޔާސަތުތަަކށް ކުރިން ތާޢީދުކުރެއްވި ބޭފުޅުންވެސް ހިމެނިވަޑައިގަންނަވައެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.